ސައުދީ އަރަބިއާގެ ރިޔާދުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ދެ ޑްރޯން ހަމަލާ ދީފި އެވެ.
އެކަން ކަށަވަރު ކޮށްދެމުން ސައުދީގެ ޑިފެންސް މިނިސްޓްރީން ބުނީ، އެ ހަމަލާގައި އެ ހަމަލާގައި އެމެރިކާ އެމްބަސީ ކޮމްޕްލެކްސް ތެރޭގައި ހުރި އިމާރާތެއްގައި ރޯވެ، ގެއްލުންތަކެއް ލިބުނު ކަމަށެވެ.
މި ހަމަލާއާ ގުޅިގެން ޔޫއެސް ކޭބަލް ނެޓްވޯކް ނިއުސްނޭޝަންއާ ވާހަކަދައްކަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ، އެކަމުގެ ރައްދު ހަމަލާ ވަރަށް އަވަހަށް ދޭނެ ކަމަށެވެ. އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.
ސައުދީ ޑިފެންސް މިނިސްޓްރީން ވަނީ، ރިޔާދަށާއި ރިޔާދު ކައިރީގައި އޮންނަ އަލް-ހަރްޖު ސިޓީއަށް އަމާޒުކޮށް ފޮނުވާލި އަށް ޑްރޯން ހަމަލާއެއް ނާކާމިޔާބު ކޮށްލާފައިވާ ކަމަށް ބުނެފަ އެވެ.


