ރާއްޖޭގެ 11 ސްކޫލެއްގައި ވަކި މާއްދާއެއްގެ ގޮތުގައި ގައުމިއްޔަތު ކިޔަވައިދޭން ފަށައިފި އެވެ.
ދިވެހިވަންތަކަން ހުރި ދިވެހި ގައުމު ދެކެ ލޯބިވާ ގައުމާ މެދު ވިސްނައި ގައުމާމެދު ފަހުރުވެރިވާ ދަރިވަރަކު އުފެއްދުމުގެ ބޭނުމުގައި ގައުމިއްޔަތު ވަކި މާއްދާއެއް ގޮތުގައި ކިޔަވައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ގައުމިއްޔަތު މާއްދާ ޕައިލެޓްކޮށްފައި ވަނީ މާލޭގެ ހަތަރު ސްކޫލެއްގައި އަތޮޅުތެރޭގެ ހަތް ސްކޫލެއްގަ އެވެ. ނަމަވެސް، ރަސްމީކޮށް ހުރިހާ ސްކޫލެއްގައި ކިޔަވައިދޭން ފަށަން ނިންމާފައި ވަނީ އަންނަ މޭ މަހު ފަށާ، ދިރާސީ އާ އަހަރާއެކު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.
މިއަދު ގައުމިއްޔަތު ކިޔަވައިދޭން ފެށި ސްކޫލުތައް:
- ބ. އަތޮޅު ތައުލީމީ މަރުކަޒު
- ޅ. އަތޮޅު ތައުލީމީ މަރުކަޒު
- ފ. މަގޫދޫ ސްކޫލު
- އަބޫބަކަރު ސްކޫލު
- ހިތަދޫ ސްކޫލު – ޖީއެސް03
- މުހައްމަދު ޖަމާލުއްދީން ސްކޫލު
- ކަލާފާނު ސްކޫލު
- ތާޖުއްދީން ސްކޫލު
- މުހިއްދީން ސްކޫލު
- ސަލާހުއްދީން ސްކޫލު
- ވ. އަތޮޅު ތައުލީމީ މަރުކަޒު




ގުޅުންހުރި
އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ބެންކޮކަށް
ހަށި ވިއްކަން ތިބި ބަޔަކު އަނެއްކާވެސް ހައްޔަރުކޮށްފި، ގިނަ އަދަދެއްގެ ޑޮލަރުވެސް
”ސިލޯނާއެކު ދިވެހިން“ ފަންޑަށް އެސްޓީއޯ ގްރޫޕުން 250،000 ރުފިޔާ
”ސިލޯނާއެކު ދިވެހިން“ ފަންޑަށް ސްޓެލްކޯއިން 250،000 ރުފިޔާ
ގެއްލުނު ކުއްޖާ ދެ ދުވަސްފަހުން އަމިއްލައަށް ގެއަށް، ހާލު ރަނގަޅު
ސަން ސިޔާމްގެ ފަރާތުން ލަންކާއަށް ދެ ލައްކަ ޑޮލަރު