އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއާ ދިމާކޮށް ހިނގި ހަމަނުޖެހުންތަކުގައި މަޖިލީހުގެ މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުނު ސަބަބު ހޯދަން 241 ކޮމިޓީއަށް މައްސަލައެއް ހުށަހަޅަން އެމްޑީޕީން ނިންމައިފިއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލީމް ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަށް ސަލާމަތާއި ރައްކާތެރިކަން އެމްއެންޑީއެފް އިން އިއްޔެ ދިން ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
”އަޅުގަނޑު ގަބޫލެއް ނުކުރަން ދައުލަތުގެ ސަލާމާތީ ބާރުތަކުން މިއަދު ރައްޔިތުންގެ މަޖިލީހަށް ދެއްވަން ޖެހޭ ހިދުމަތް ދެއްވި ކަމަށް. ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް ހުންނެވީ ވަރަށް ކަންބޮޑުވުމުގެ ތެރޭގައި. ވަރަށް ހާސްކަމުގެ ތެރޭގައި. މިތަނަށް ވަނުމާ ނުކުތުމާ އެއްވެސް އުސޫލެއް ނެތި ހިނގަމުންދިޔަ ތަން އެންމެނަށް ވެސް ފެނިގެންދިޔައީ,“ ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަށް ސަލަމާތާއި ރައްކާތެރިކަން އޮތްކަމަށް އިހްސާސް ނުކުރެވޭ ކަމަށެވެ. އެހެންވިޔަސް ވަޒީރުންނަށް ރުހުންދިނުމާ މެދު ގޮތެއް ނިންމުމުގެ ކަންކަން އެއްވެސް ވަރުބަލިކަމެއް ނެތި ކުރިއަށްގެންދަވާނެ ކަމަށެވެ.
ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަށް ހޯމަ ދުވަހުގެ ހެނދުނު 9:00 ގައި ޖަލްސާއެއް ބާއްވަން ވަނީ ތާވަލްކޮށްފައެވެ.
ސަރުކާރުގެ މުހިންމު ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީން ނިންމާފައި ވާތީ ސަރުކާރަށް ތާއީދު ކުރާ ގިނަ ބަޔަކު ވަނީ މަޖިލިސް ކުރިމައްޗަށް އެއްވެ މުޒާހަރާކޮށްފައެވެ.
ގުޅުންހުރި
މަޖިލީހުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދިއްޖެ، ކޯޓަށް ދާން މަޝްވަރާކުރާނަން:
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލާ ގުޅޭ ގަރާރު ބޭރުކުރީ އެމްޑީޕީގެ ހެޔޮނިޔަތް
އިހުސާން، އެމްޑީޕީއަށް: ރައީސް މުއިއްޒަށް ރައްޔިތުން ވެރިކަން ދިނީ ފުދުނީމަ، ގައުމު
ބާރުތައް ޖަމާކުރަމުންދަނީ 2028ގެ ރިޔާސީ އިންތިހާބު ފޭރިގަންނަން: ސޯލިހު
ރައްޔިތުންނަށް ލިބިފައިވާ ބާރުތައް ދަމަހައްޓަން އާ ހިތްވަރަކާ އެކު މަސައްކަތް ކުރަން
ހަރަދު ކުޑަކުރުުގެ ނަމުގައި އިސްރާފަށް 3.8 ބިިލިޔަން ރުފިޔާ ވަނީ ހިމަނާފައި: