އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއާ ދިމާކޮށް ހިނގި ހަމަނުޖެހުންތަކުގައި މަޖިލީހުގެ މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުނު ސަބަބު ހޯދަން 241 ކޮމިޓީއަށް މައްސަލައެއް ހުށަހަޅަން އެމްޑީޕީން ނިންމައިފިއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލީމް ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަށް ސަލާމަތާއި ރައްކާތެރިކަން އެމްއެންޑީއެފް އިން އިއްޔެ ދިން ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
”އަޅުގަނޑު ގަބޫލެއް ނުކުރަން ދައުލަތުގެ ސަލާމާތީ ބާރުތަކުން މިއަދު ރައްޔިތުންގެ މަޖިލީހަށް ދެއްވަން ޖެހޭ ހިދުމަތް ދެއްވި ކަމަށް. ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް ހުންނެވީ ވަރަށް ކަންބޮޑުވުމުގެ ތެރޭގައި. ވަރަށް ހާސްކަމުގެ ތެރޭގައި. މިތަނަށް ވަނުމާ ނުކުތުމާ އެއްވެސް އުސޫލެއް ނެތި ހިނގަމުންދިޔަ ތަން އެންމެނަށް ވެސް ފެނިގެންދިޔައީ,“ ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަށް ސަލަމާތާއި ރައްކާތެރިކަން އޮތްކަމަށް އިހްސާސް ނުކުރެވޭ ކަމަށެވެ. އެހެންވިޔަސް ވަޒީރުންނަށް ރުހުންދިނުމާ މެދު ގޮތެއް ނިންމުމުގެ ކަންކަން އެއްވެސް ވަރުބަލިކަމެއް ނެތި ކުރިއަށްގެންދަވާނެ ކަމަށެވެ.
ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަށް ހޯމަ ދުވަހުގެ ހެނދުނު 9:00 ގައި ޖަލްސާއެއް ބާއްވަން ވަނީ ތާވަލްކޮށްފައެވެ.
ސަރުކާރުގެ މުހިންމު ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީން ނިންމާފައި ވާތީ ސަރުކާރަށް ތާއީދު ކުރާ ގިނަ ބަޔަކު ވަނީ މަޖިލިސް ކުރިމައްޗަށް އެއްވެ މުޒާހަރާކޮށްފައެވެ.




ގުޅުންހުރި
މަސައްކަތް އަދި މި ފެށުނީ، އެމްޑީޕީން އެކުގައި ނުކުމެ އިންތިހާބު ބޮޑުތަނުން
އެމްޑީޕީގެ މެމްބަރުން ހާލުގައި ޖައްސައި މަގުމަތިކޮށްފައި ދުވަހަކުވެސް ނުދާނަން: އާދަމް އާޒިމް
ވެރިކަންކުރާ ޕީއެންސީގައި 74،000 މެންބަރުން، އެމްޑީޕީގައި 43،700 މީހުން
އެމްޑީޕީގެ ޗެއާޕާސަންކަމަށް ރީކޯ މޫސަގެ ޝައުގުވެރިކަން
ކައުންސިލުގެ ފްލޯއަކީ ޑްރާމާ ކުޅެ، މާލޭގެ ބިންތައް ވިއްކަން އޮންނަ ތަނެއް
ނަޝީދު، ސަރުކާރަށް: ހިޔާލުފާޅުކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތްތައް ހުއްޓާލާ!