ރާއްޖޭގައި އެންމެ އާއްމުކޮށް ކައި އުޅޭ ބޭސް، ޕެނެޑޯލް (ޕެރެސެޓެމޯލް) 500 މިލިގްރާމްގެ ކާ ބޭހުގެ ކޮލިޓީ ދަށްކަމުން އެ ބޭސް ބޭނުން ނުކުރާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތީރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.
އެމްއެފްޑީއޭ އިން މިއަދު ނެރެފައިވާ އެލާޓެއްގައި ބުނީ، ރާއްޖެ އެތެރެކުރާ ބޭހުގެ ކޮލިޓީ ކަށަވަރު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން މާކެޓުން ނަގާފައިވާ ސާމްޕަލްގެ ތެރެއިން ލަންކާގެ ކުންފުންޏަކުން އުފައްދާ ޕެނަޑޯލް 500 މިލިގްރާމް ބޭސް ޓެސްޓުކުރި އިރު، ބޭހުގެ ބައެއް ގުޅަތައް ފުނޑުވެ، ބޭސްގުޅައިގެ ވަށައިގެން ތަންތަންކޮޅު ނެއްޓިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެމްއެފްޑީއޭ އިން ބުނީ، އާންމުގޮތެއްގައި ބޭހުގެ ކޮލިޓީ ދަށްވަނީ ބޭސް އުފެއްދުމުގައި ނުވަތަ ބޭސް ރައްކާތެރިކުރުމުގައި ފުރިހަމަ ކުރަންޖެހޭ މިންގަނޑުތައް ފުރިހަމަ ނުކުރުމުން ކަމަށެވެ. އެފަދަ މައްސަލައެއް ދިމާވެފައިވާ ބޭސް ބޭނުންކުރުމުން ބޭހުން ލިބެންޖެހޭ ފައިދާ ނުވަތަ ބޭހުގެ ”އިފެކްޓް“ ނުކުރުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ބުންޏެވެ.
އެހެންވެ އެ އޮތޯރިޓީން ވަނީ ވަކި ގޮތެއް އަންގަންދެން، ފާމަސިތަކުންނާއި އާންމު ފިހާރަތަކުން މިވަގުތު އެ ބޭސް ނުވިއްކުމަށް އެދިފައެވެ. އަދި ތަހުގީގު ނިމެންދެން އެ ބޭސް ރާއްޖެ އެތެރެކުރުން ރެސްޓްރިކްޓް ކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
އެމްއެފްޑީން އިތުރަށް ވަނީ، މިވަގުތު ފާމަސީތަކާއި ބޭސް ރައްކާކުރާ ގުދަންތަކުގައި އަދި އާންމު ފިހާރަތަކުގައި ހުރި އެ ބޭހުގެ ސްޓޮކް ވަކި ކުރުމަށްފަހު ބޭސް ރައްކާކުރުމަށް ކަނޑައެޅިފައިވާ ފިނިހޫނުމިނުގައި ބެހެއްޓުމަށްވެސް އެދިފައެވެ.




ގުޅުންހުރި
ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން!
އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން ފަށައިފި، ބޮޑު އިނާމަކަށް އެއް ލައްކަ
ބުރިޖުގެ މަރާމާތުގެ މަސައްކަތަކަށް މިރޭ 11:45 އިން ފެށިގެން އެއް ލޭނު
ސިނގިރޭޓު ވައްކަން: އާއްޓޭ އާއި ދިގަލި ހިމެނޭހެން ދިހަ މީހަކަށް ދައުވާކޮށްފި
ވައިގެމަގުން އެތެރެކުރަން އުޅުނު ދެ މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި
5 މަސް ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރަށް 500 މީހުން