ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ އަކީ އެވަގުތަކު މަޖިލީހުގެ ރައީސް ކަމުގައި ހުންނަވާ ބޭފުޅަކު ބޭނުންފުޅުވާގޮތަށް ލަފާ ދެއްވާ ބޭފުޅެއް ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
ސިރާޖު މިހެން ވިދާޅުވީ މަޖިލީހުން ރުހުން ނުދިން ވަޒީރުން އަލުން އެ މަގާމަށް އައްޔަންކޮށް އެ ބޭފުޅުންގެ ނަންފުޅު މަޖިލީހަށް ނުފޮނުވޭނެ ކަމަށް ފިލްޒާ ލަފާ ދެއްވާ ކަމަށް އެމްޑީޕީން ބުނުމުން އެކަމަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ސިރާޖު ވަނީ ފިލްޒާގެ އަމަލުތައް ހުރިގޮތް ހެއްކާއެކު ރައްޔިތުންނަށް ހާމަކޮށްދެއްވާފައެވެ. އެގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓާ ގުޅިގެން ފިލްޒާ ދެއްވި ލަފަޔަކީ ގާނޫނާ ހިލާފު ލަފައެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާއި ހުކުމް އިއްވާފައިވާކަން ސިރާޖު ފާހަގަކުރެއްވިއެވެ.
ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ވެސް ވަނީ ރުހުން ނުދިން ވަޒީރުން އަލުން އެ މަގާމަށް އައްޔަން ކުރެއްވުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށެވެ. އެ ވާހަކައަށް ރައްދު ދެއްވަމުން ސިރާޖު ވިދާޅުވީ އެ ތިން ވަޒީރުންނަށް ދެވަނަ ފަހަރަށް ވެސް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ކަމަށެވެ. އެހެންކަމުން އެއީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމުގައިވާނަމަ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބައެއް ވަޒީރުންނަށް ރުހުން ނުދިނުމުގެ އިތުރުން ރައީސް މުހައްމަދު މުއިއްޒު މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން އެމްޑީޕީން ވަނީ މަސައްކަތް ފަށައިފައެވެ.
އެކަމާ ގުޅިގެން އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވީ ރައީސް މުއިއްޒު މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ކުރިއަށްގެންދަން ޖެހޭނީ ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ ފުރާނަ ދުއްވާލުމަށްފަހު ކަމަށެވެ.




ގުޅުންހުރި
ދެބެއިންގެ ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި
ފުލެޓުތަކުގެ މަސައްކަތް ބީޔޫސީޖީ އާއި ސީއެމްއީސީއަށް، އަންނަ މަހު މަސައްކަތް ފަށަނީ
ހުޅުމާލެއިން ޓޯކުރި 105 އުޅަނދެއް ދޫކޮށްފި
ފުލުހެއްގެ ކަރުގައި ހިފި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މި ސަރުކާރުގެ ފްލެޓް އުސޫލު: ދޭނީ ކިތައް ކޮޓަރީގެ ފްލެޓެއްކަން ނިންމުމުގެ
ވީއައިއޭ އިން މިއަދު 27,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދޭނެ