އެފްއޭއެމް އަށް، ފީފާ އިން ފޮނުވި ފައިސާގެ ތެރެއިން ބައެއް ބޭނުން ކޮށްގެން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، އޭނާ ކުއްޔަށް އުޅުނު ރެހެންދި ފްލެޓްގެ ކުލި ދައްކާފައިވާ ކަމަށް ޕްރޮސިކިއުާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ބުނެފި އެވެ.
ޕީޖީގެ އޮފީހުން މިއަދު ވަނީ އެފްއޭއެމް އަށް، ފީފާ އިން ފޮނުވި ފައިސާގެ ތެރެއިން 10،000 ޑޮލަރު އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އަމިއްލަ އެކައުންޓަށް ފޮނުވައި އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާތީ އޭނާގެ މައްޗަށް މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ ބައްސާމް އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި ހުރެ، ބޭންކް އޮފް ސިލޯންގައި އޮތް އެފްއޭއެމްގެ އެކައުންޓަކަށް، 2018 ވަނަ އަހަރު ޖުލައި އާއި އޯގަސްޓާ ދެމެދު ފީފާއިން ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 10،000 ޑޮލަރު ބޭންކަށް ލިޔުންތަކެއް ހުށަހަޅައި، ބޭންކް ޗާޖު އުނިކުރުމަށްފަހު 9،999 ޑޮލަރު ބައްސާމްގެ ބީއެމްއެލް އެކައުންޓަކަށް 26 އޯގަސްޓް 2018 ގައި ޖަމާކޮށްފައިވާ ކަމަށެވެ.
އެ ފައިސާގެ ތެރެއިން 2،000 ޑޮލަރު 5 ސެޕްޓެމްބަރު 2018 ގައި ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި 6-302 ފްލެޓަށް ކުލި ދެއްކުމުގެ ގޮތުން ބޭނުންކޮށްފައިވާ ކަމަށް ޕީޖީގެ އޮފީހުން ބުނެ އެވެ.
އޭގެ އިތުރުން އެފްއޭއެމުން ނެގި ފައިސާގެ ތެރެއިން 1،910 ޑޮލަރު، 2 ސެޕްޓެމްބަރު 2018 ގައި ބައްސާމް އާއި އޭނާގެ އަނބިކަނބަލުން އައިމިނަތު މައުރީނާގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް ޖަމާކޮށް އެ ކުންފުނީގެ އެކި ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށްވެސް ޕީޖީގެ އޮފީހުން ބުންޏެވެ.


ގުޅުންހުރި
ޕީސީބީގެ ރައީސް ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި
މެޒޯ މުހައްމަދުގެ ކަށުނަމާދު މާދަމާގެ އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި
މުލަކު މަގު ހެދުމުގެ މަޝްރޫއު ކުރިއަށް، ދެ މަގެއްގައި ދަނީ ބައްތި
މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި ބިދޭސީއަކު ކުޅެން ހުއްޓައި މަރުވެއްޖެ
މެޒޯ މުހައްމަދު މަރުވެއްޖެ
އެސްއޯއީތަކުގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ފިޔަވައި އިތުރު ހަދިޔާތައް ނުދޭން އަންގައިފި