ރައްޔިތުންގެ މަޖިލީހުގެ ރައީސް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި ނައިބު ރައީސް، ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް އެ ބޭފުޅުންނަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލިސް މީޑީއާ ޑައިރެކްޓަރު ހަސަން ޒިއާއު މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަސްލަމް އަދި ނައިބު ރައީސް ސަލީމްގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިސް މިއަދު އެ ދެ ބޭފުޅުންނަށް ފޮނުވާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާތާ ތިން ދުވަހުގެ ތެރޭގައި، އެ މައްސަލައިގެ ނޯޓިސް މަޖިލީހުގެ އަމީން އާއްމު، މަޖިލީހުގެ ރައީސާއި މެމްބަރުންނަށް ފޮނުވަންޖެހެ އެވެ.
މަޖިލިސް ގަވާއިދުގައިވާ ގޮތުގައި ނޯޓިސްގެ 14 ދުވަހުގެ މުއްދަތު ހަމަވުމުން އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ މަޖިލިސް ޖަލްސާއަށް އެ ގަރާރު ހުށަހަޅަން ޖެހޭނެ ކަމަށްވެސް ގަވާއިދުގައި ބުނެ އެވެ.
އޭގެ ކުރިން މަޖިލީހުގެ އާންމު ކޮމިޓީން އެ ގަރާރުގެ ބަހުސްގެ ވަގުތާއި އެ މައްސަލައިގައި މެންބަރުންނަށް ވާހަކަ ދައްކަން ދޭނެ ވަގުތާއި ޖަވާބުދާރީވާން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސަށް ދޭނެ ވަގުތު ކަނޑައަޅަން ޖެހޭ ނެއެވެ.
ވެރިކަން ކުރާ ޕީޕީއެމް-ޕީއެންސީގެ ޕީޖީ ގްރޫޕުގެ ފަރާތުން މަޖިލިސް ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ ހުސްވި ޖަނަވަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އެ މައްސަލަ ހުށަހެޅުމަށް ޕީޕީއެމް/ޕީއެންސީގެ މެންބަރުންގެ އިތުރުން ސަރުކާރާ ގުޅިގެން މަސައްކަތް ކުރާ އެމްއެންޕީ އާއި އެމްޑީއޭގެ 23 މެންބަރުން ސޮއިކުރެއްވި އެވެ.

ގުޅުންހުރި
އެމްޑީ ޝަރީފު ދެއްވާ ޔަގީންކަން: ލޯނުތައް ދެއްކުމުގެ ގާބިލުކަން އެމްއޭސީއެލްގައި އެބަ
ކަލްޓަން ރެފްރިޖަރަންޓް: ތިމާވެއްޓާ ރައްޓެހި އަދި އެންމެ ކުޑަ އަގުގައި މޯލްޑިވް
ހަތް ދުވަސް ވެއްޖެ، ޔާމީންގެ ހަބަރެއް ނުވޭ، ރާއްޖެއިން ބޭރަކަށް ނުފުރާ
ޒަމާނީ އާ ޓާމިނަލްގައި ހިދުމަތް ދޭނީ 100 ޕަސެންޓް ދިވެހިން, އެއަށްވުރެ
މުސްލިމަކާ ދިމާލަށް ތިއީ ކާފަރެއް ބުނެވެނީ ރޯމާ ދުވާލު ފަދަ ވަރުގަދަ
ބަންޑުން ޖަހާލި ޑިންގީއެއްގެ މަތީގައި ތިބި ދެ މީހަކު ސަލާމަތްކޮށްފި