އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ”ރަމަޒާން ބާޒާރު“ ފަށައިފި އެވެ.
މިއަދުން ފެށިގެން އަންނަ އޭޕްރިލް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯގެ މަކިޓާ ޝޯވްރޫމް، އަމީނީ މަގުގައި ހުންނަ ނިޕޯން ޝޯރޫމުގެ އިތުރުން ލ. ފޮނަދޫގެ ފިހާރައިންނެވެ.
މި ޕްރޮމޯޝަންގައި އެސްޓީއޯ އިން ވިއްކާ ޕްރޮޑަކްޓުތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.
އަދި ޕްރޮމޯޝަންގައި ކޮންމެ 500 ރުފިޔާގެ ވިޔަފާރި އަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެ އެވެ. ކޫޕަން ލިބޭ ފަރާތްތަކުގެ މެދުގައި ރޯދަ މަސް ނިމުމުން ގުރުއަތު ނަގާނެ އެވެ.
އެ ލަކީޑްރޯ އިން އެއް ވަނައަށް ހޮވޭ ފަރާތަކަށް ހުށަހަޅާފައިވަނީ އެސްޓިއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް އިން ބައިލައްކަ ރުފިޔާގެ މުދަލުގެ ގިފްޓް ވައުޗާ އެކެވެ.
މީގެ އިތުރުން ހަ ނަސީބުވެރި ފަރާތަކަށް ފަސްހާސް ރުފިޔާގެ މުދާ އެސްޓީއޯގެ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ އައުޓްލެޓްތަކުން ގަނެވޭނެ އެވެ. އެގޮތުން ސިމެންތި, ހިލަ, ހިލަވެލި، އަދި ނިޕޯން ޕެއިންޓް ފަދަ އާންމުކޮށް ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ބޭނުންކުރާ ބާވަތްތައްވެސް އިނާމު ލިބޭ ނަސީބުވެރިންނަށް ނެގޭނެ އެވެ.




ގުޅުންހުރި
ރިސޯޓެއްގެ ޑަސްބިނުން ފެނުނު ކުއްޖާގެ ޖަނާޒާ ބާއްވައިފި
ގިނަ ތުހުމަތުތަކަކާއެކު ޝަހީދު ލެގަސީ، ”ޓޫއޮފްއަސް“ އިން ވަކިވެއްޖެ
ރަސްފަންނު މޫދުގައި ތޫނު އިތާތަކެއް
މަސައްކަތް އަދި މި ފެށުނީ، އެމްޑީޕީން އެކުގައި ނުކުމެ އިންތިހާބު ބޮޑުތަނުން
ކައުންސިލު އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި
އެމްޑީޕީގެ މާލޭގެ މޭޔަރު ޓިކެޓު އާދަމް އާޒިމް ކާމިޔާބުކުރައްވައިފި