ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފު ދޮޅުމަސް ތެރޭގައި ހަތަރު ގައުމަކަށް ވަޑައިގެންނެވި އިރު، އެ ދަތުރުތަކަށް ދައުލަތުގެ ބަޖެޓުން 4.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން އެނގިއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އަދި އެ މަނިކުފާނުގެ ނައިބު ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ހަރަދުތަކުގެ މައުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ނައިބް ރައީސް ހުސެއިން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 4 އިން ޖެނުވަރީ 23 ވަނަ ދުވަހުގެ ނިޔަލަށް ހިނގި 49 ދުވަސް ތެރޭގައި ޖުމުލަ ހަތަރު ގައުމަކަށް ވަޑައިގެންފަ އެވެ.
އެ ދަތުރުތަކުގައި ރާއްޖޭން ބޭރުގައި ޖުމުލަ 23 ދުވަސް ހޭދަ ކުރެއްވި އިރު، ދައުލަތުގެ ބަޖެޓުން އެ ހަތަރު ދަތުރަށް 4،762،313 ރުފިިޔާ ހަރަދުކޮށްފައިވެ އެވެ.
ދަތުރުތަކުގެ ޖުމުލަ ހަރަދު:
- ޗައިނާ އަދި ޖެނީވާ ދަތުރަށް: 3.2 މިލިއަން
- މޮންޓިނީގްރޯ ދަތުރަށް: 589،736ރ.
- ޔުގަންޑާ ދަތުރަށް: 983،032ރ.
މި ދަތުރުތަކުގެ ޓިކެޓް ހަރަދަށް އެކަނިވެސް 3.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ޕޮކެޓްމަނީއަށް 373،958ރ. ހަރަދުކޮށްފައިވެ އެވެ.




ގުޅުންހުރި
ބަންޑުން ޖަހާލި ކޮޅުވެއްޓި ދުއްވި ކެޕްޓަނުގެ އަތުގައި ލައިސަންސެއް ނެތް!
ތަރައްގީގެ 206 މަޝްރޫއެއް ހިންގުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފި
ކޮޅަށް މި ޖެހީ ބަނގުރޫޓު ކޮށްލުމަށް ޑިޒައިން ކޮށްފައިވާ އިގުތިސާދެއް: ރައީސް
އެމްއެންޑީއެފަށް އިތުރު އަސްކަރީ މަތިންދަބޯޓުތައް ހޯދައި, ސައިބާ ވޯފެއާގެ ކެޕޭސިޓީ އިތުރުކުރަނީ
ފުވައްމުލަކާއި އައްޑޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި
މެކްސިކޯގެ ރައީސަށް މަގުމަތިން ޖިންސީ ގޯނާކޮށްފި