އަންނަ ރޯދަ މަހު ހިލޭ ބަހަން ސަރުކާރުން ނިންމާފައިވާ ފުށާއި ހަނޑޫ ބޭނުންވާ މީހުންގެ ތެރެއިން މާލޭގައި ދިރިއުޅޭ މީހުންނަށް ރެޖިސްޓަރީ ވެވޭނެ ޕޯޓަލެއް ހެދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް ފުށް ބަސްތާއަކާއި ހަނޑޫ ބަސްތާއެއް ރޯދަމަހު ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މިއަހަރު ސަރުކާރުން ނިންމާފައި ވަނީ މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށް ދިނުމަށެވެ.
މާލެ ސިިޓީ ކައުންސިލުގެ މީޑިއާ ކޯޑިނޭޓަރު، އާމިނަތު ޝަތުފާ ޝަފީއު މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން ކާޑަށް އެދެވޭނެ މަގެއް ފަހިކޮށްދިނުމަށް ޕޯޓަލެއް ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.
”ޕޯޓަލްގެ މަސައްކަތް އެއްކޮށް ނިންމައި އަންނަ ހޯމަ ދުވަހު ރެޖިސްޓަރީވުމަށް ހުޅުވައިލާނެ،“ ޝަތުފާ ވިދާޅުވި އެވެ.
ރޯދަމަހު ކޮންމެ ގެއަކަށް ސަރުކާރުން 10 ކިލޯ ހަނޑުލާއި ފުށް، ދޭން ނިންމި ނިންމުމަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. ބައެއް މީހުން ބުނާގޮތުގައި އޭގެބަދަލުގައި ކަރަންޓް ބިލާއި ފެން ބިލުން ޑިސްކައުންޓެއް ދިނުމަކީ ކުރުން މާ ރަނގަޅު ކަމެކެވެ.
ރާއްޖޭގައި 10 ކިލޯ ގެ ހަނޑޫ ލިބެނީ 48ރ. އަށެވެ. އަދި 10 ކިލޯގެ ފުށް ލިބެނީ 38ރ. އަށެވެ. އެއީ ޖުމްލަ 86ރ. ކަމަށްވާއިރު، 81،744 ގޭބިސީ އަށް، ހަނޑުލާއި ފުށް ދިނުމަށް ހަރަދުވާނީ ހަތް މިލިއަން ރުފިޔާއެވެ.




ގުޅުންހުރި
ފާހަގަ ޖަހަންވީ ރަނގަޅު ނަމުގައި، ރަނގަޅު ނަމަކީ އާދަމް އާޒިމް: ވާވާ
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު
އެމްޑީޕީގެ މެމްބަރުން ހާލުގައި ޖައްސައި މަގުމަތިކޮށްފައި ދުވަހަކުވެސް ނުދާނަން: އާދަމް އާޒިމް
ސާފް ފުޓްސަލް މުބާރާތް: ފުރަތަމަ މެޗުގައި ރާއްޖެއަށް ބޮޑު މޮޅެއް
އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ 479 ފަސިންޖަރުންނާއެކު ރާއްޖެއަށް
ވަގަށް އަނބު ބިން މީހަކު ހަތް މަހަށް ޖަލަށް