ޑިސެމްބަރ 12, 2024

ކޮޗިންގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން ދިވެހިންނަށް އަނިޔާވެ އައިސީޔޫގައި ފަރުވާ ދެނީ

އިންޑިއާގެ ކޮޗިންގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން ދިވެހިންނަށް އަނިޔާވެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

މިއަދު ހެނދުނު ކޮޗިންގައި ހިނގި މި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވީ ރ. އަލިފުއްޓަށް ނިސްބަތްވާ އާއިލާއެއްގެ ތިން އަންހެނަކަށެވެ. އެއީ 54 އަހަރުގެ މީހަކާއި 50 އަހަރުގެ މީހެއްގެ އިތުރުން 25 އަހަރުގެ މީހެކެވެ.

އަނިޔާވި މީހުންގެ އާއިލާ މީހަކު ”ހަފްތާ“އާ ވާހަކަ ދައްކަމުން ބުނީ، އެކެއްގެ މޫނު ވަރަށް ބޮޑަށް ޒަޚަމްވެ ނޭފަތް ބިންދައިގެން ގޮސްފައި ވާކަމަށެވެ.

އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގީ ކޮޗިންއާ ކައިރި ހުރި ހޮސްޕިޓަލަކަށް ޑޮކްޓަރަށް ދައްކަން ދިއުމަށް ފަހު އެބުރި ޓްރިވެންޑްރަމަށް ދިޔަ މަގުމަތީގަ ގަ އެވެ. އެކްސިޑެންޓު ހިނގަން ދިމާވީ އެ މީހުން ދަތުރުކުރި ކާރު ހައިވޭ މަތިން ޑްރައިވަރު އެއް ފަޅީގައި މަޑުކޮށްލި ވަގުތު އަނެއް ފަޅިން ދިޔަ ކާރެއްގައި ޖެހިގެންނެވެ.

އެ މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު، ހާލު ސީރިއަސް އެވެ.

Leave a Reply