މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިނަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން އެ ދާއިރާގެ ކުރީގެ މެމްބަރު ސައުދުﷲ ހިލްމީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހަޅުއްވައިފި އެވެ.
ސައުދުﷲ އަކީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ތިނަދޫ އުތުރު ދާއިރާއަށް ވާދަކުރައްވަން ޓިކެޓު ކާމިޔާބު ކުރެއްވި ކެންޑިޑޭޓެވެ. އޭނާ މިއަދު އީސީއަށް ފޯމު ހުށަހެޅުއްވީ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ވަޑައިގެންނެވެ

ސައުދުﷲ އަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޕީޕީއެމުން ސޮއިކުރެއްވި 10 މެމްބަރުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަތުމުން އުފެދުނު ނުތަނަވަސްކަމުގެ ތެރޭގައި އެ ޕާޓީން ވަކިވެވަޑައިގެންނެވި ބޭފުޅެކެވެ.
ނަމަވެސް މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ގދ. ތިނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ސައުދުﷲ ވަނީ އަލުން ޕީޕީއެމަށް ސޮއިކުރައްވައިފަ އެވެ. އެ ރަސްމިއްޔާތުގައި ސައުދުﷲ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތައުރީފު ކުރައްވައި އެއީ އެންމެ ގާބިލު ބޭފުޅާ ކަމަށް ވިދާޅުވެފަ އެވެ.
އަދި ތިނަދުއަށް ބޭނުންވާ ތަރައްގީއާއި އެ ސިޓީގެ ރައްޔިތުންނަށް އުފާވެރިކަމެއް ގެނެވޭނީ ރައީސް މުއިއްޒަށް ކަމަށްވެސް އޭނާ ވިދާޅުވެފައިވެ އެވެ.




ގުޅުންހުރި
ތިން މަހުގެ ކުއްޖެއް ފަދަ އިގުތިސާދެއް އޮތް މިގައުމު ހިންގޭނީ ރައީސް
ރަޝިޔާއިން އީރާނަށް ޖާސޫސީ މައުލޫމާތު ޙިއްޞާކުރުމަކުން ކަންބޮޑެއް ނުވޭ: އެމެރިކާ
ބޮޑު އިންޖީނުގެ ނިމުމުން 20 އަހަރަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުވާނެ:
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ޗައިނާ ކުންފުންޏަށް ދިން މަޝްރޫއު މިފަހަރު
ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކުރުމަށް ލޭޑީސްފިންގާ ވަރެއް ނެތް
ކަނޑުމަގުން ވަގަށް އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓު އަތުލައިގެންފި