ނިމިދިޔަ ޕީޕީއެމް، ޕީއެންސީގެ މަޖިލިސް ޕްރައިމަރީން ބަލިވި ށ. ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހީމްފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތާއީދާއެކު އެ ދާއިރާއަށް ކުރިމަތިލާން ނިންމައިފިއެވެ.
ޔާމީނާއެކު މިރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަހްމަދު އިބްރާހީމްފުޅު ވިދާޅުވީ ޕީޕީއެމް، ޕީއެންސީގެ ޕްރައިމަރީން އޭނާ ބަލިވީ ޕްރައިމަރީގައި އޮޅުވާލުންތަކެއް ހުރުމުން ކަމަށެވެ. އެހެންވެ، ޕީޕީއެމްގައި އިތުރަށް ހުންނަވަން ބޭނުންނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުނަދޫ ދާއިރާގެ ޕީޕީއެމް، ޕީއެންސީގެ ޕްރައިމަރީ ކާމިޔާބު ކުރީ މުހައްމަދު މަމްދޫހެވެ. އަހްމަދު އިބްރާހީމްފުޅު ވިދާޅުވީ އޭނާއަށް ވޯޓުދިނީ ޕީއެންސީއަށް ވެއްދި އެމްޑީޕީގެ މެމްބަރުން ކަމަށެވެ.
ފުނަދޫގެ މެޖޯރިޓީ މީހުން ޔާމީން އުފައްދަވަން މަސައްކަތް ކުރައްވާ ޕީއެންއެފްއަށް ވެއްދުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިދިޔަ ސަރުކާރުން ފުނަދުއަށް ގެނައި ތަރައްގީއެއް ނެތް ކަމަށާއި އެރަށުގައި އެއާޕޯޓެއް އަޅައި ތަރައްގީ ގެނެސްދެއްވި ލީޑަރަކީ ޔާމީން ކަމަށެވެ.
ޔާމީންގެ ތާއީދާއެކު ޖުމްލަ 40 ކެންޑިޑޭޓުން ވާދަކުރަން ވަނީ ނިންމާފައެވެ.




ގުޅުންހުރި
ތިން މަހުގެ ކުއްޖެއް ފަދަ އިގުތިސާދެއް އޮތް މިގައުމު ހިންގޭނީ ރައީސް
ރަޝިޔާއިން އީރާނަށް ޖާސޫސީ މައުލޫމާތު ޙިއްޞާކުރުމަކުން ކަންބޮޑެއް ނުވޭ: އެމެރިކާ
ބޮޑު އިންޖީނުގެ ނިމުމުން 20 އަހަރަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުވާނެ:
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ޗައިނާ ކުންފުންޏަށް ދިން މަޝްރޫއު މިފަހަރު
ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކުރުމަށް ލޭޑީސްފިންގާ ވަރެއް ނެތް
ކަނޑުމަގުން ވަގަށް އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓު އަތުލައިގެންފި