ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވާ މެމްބަރެއްގެ ގޮތުގައި އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ހަމަޖައްސަވައިފިއެވެ.
ސުޕްރީމް ކޯޓުން ވަނީ އެކަން ރަސްމީކޮށް މިއަދު އެކްސްގައި ހާމަކޮށްފައެވެ.
މިހާތަނަށް ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ކަނޑައަޅާ މެމްބަރެއްގެ ގޮތުގައި ހުންނެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުއެވެ. ނަމަވެސް އޭނާ ޖޭއެސްސީގެ މެމްބަރުކަމުން އިސްތިއުފާދެއްވީ ކަމެއް ނުވަތަ މަގާމުން ވަކިކުރީ ކަމެއް ސާފެއް ނުވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އެފަދައިން ނިންމިޔަސް ސުއޫދަށް މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންނެވޭނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އޭނާ އެ މަގާމަށް އައްޔަން ކުރެއްވުމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ އިތުރުން ދެން ޖޭއެސްސީގެ މެމްބަރުންގެ ގޮތުގައި ތިއްބެވަނީ ހައިކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓްތަކުގެ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ބޭފުޅަކާއި އާންމުންގެ ތެރެއިން ކަނޑައަޅާ ބޭފުޅަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ކަނޑައަޅާ މެމްބަރެކެވެ.
ޖޭއެސްސީގެ ރައީސަކަށް ހުންނެވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންއެވެ.




ގުޅުންހުރި
ކައުންސިލް އިންތިޚާބު އޮބްޒާވުކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފި
ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފުލެޓުތަކަށް ވަދެވޭނެ: މުއްތަލިބު
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލައިފި
ވާދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، ދެ މީހަކު ގެއްލިއްޖެ
ރިސޯޓެއްގެ ޑަސްބިނުން ފެނުނު ކުއްޖާގެ ޖަނާޒާ ބާއްވައިފި