ތެލެސީމިއާ ހޮސްޕިޓަލް އިމާރާތް ކުރުމަށް މިހާރު ހުޅުމާލެ ދެވަނަ ފިޔަވަހިން ބިމެއް ހަމަޖައްސާފައިވާ ކަމަށާއި އަމާޒަކީ ވީ އެންމެ އަވަހަކަށް ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުން ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.
ތިންވަނަ ގައުމީ ތެލެސީމިއާ ކޮންފަރެންސް ފާހަގަކުރުމަށް ޝީ ބިލްޑިންގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ނައިބް ރައީސް ވިދާޅުވީ, ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ލަސްތަކެއް ނުވެ ވަރަށް އަވަހަށް ތެލެސީމިއާ ކުދިންގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލެއް ގާއިމުކުރައްވާނެ ކަމަށެވެ.
މި ސަރުކާރުން ތެލެސީމިއާ ކުދިންނަށް ހާއްސަ އިސްކަމެއްދޭކަން ފާހަގަކުރައްވައި ނައިބް ރައީސް ވިދާޅުވީ, ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ މަސައްކަތްތަކުގެ ތެރޭގައިވެސް ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ފަރުވާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.
އެގޮތުން ތެލެސީމިއާއަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް ރާއްޖޭގެ ރަށްރަށުން ލިބޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާކަން ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން ރައީސްގެ ވައުދުފުޅާ އެއްގޮތަށް ބޯންމެރޯ ޓްރާންސްޕްލާންޓުގެ ފަރުވާ ސަރުކާރުގެ ހަރަދުގައި ހިލޭ ހެދުމަށް ރާއްޖޭން ބޭރަށް ކުދިން ފޮނުވަން ފަށާފައިވާއިރު, ސަރުކާރުގެ އަމާޒަކީ ވީހާވެސް ގިނަ ކުދިންނާއި މީހުނަށް އެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ވިދާޅުވި އެވެ.




ގުޅުންހުރި
ރައީސް ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ނަޝީދު، ސަރުކާރަށް: ހިޔާލުފާޅުކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތްތައް ހުއްޓާލާ!
ތިން ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް، ސަމާލުވޭ!
މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި އެމްޑަބްލިޔުއެސްސީން ބައިވެރިވެއްޖެ
އޭސީ އައުޓްޑޯ ޔުނިޓެއް ވަގަށް ނެގި މީހާ ބުނީ އެއީ މީހަކު
ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ފަށަން ކަނޑު އުޅަނދުތައް ނަގަން އަންގައިފި