އިސްރަށްވެހީންނަށް ހާއްސަކޮށްގެން ހަދަން ނިންމާފައިވާ އިޖުތިމާއީ މަރުކަޒުތަކުގެ ތެރެއިން ފުރަތަމަ މަރުކަޒު، ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ހުޅުވައިދެއްވައިފި އެވެ.
އިސްރަށްވެހިންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ޔަގީން ކޮށްދިނުމަށްޓަކައި ތަފާތު ހިދުމަތްތައް ލިބޭ ގޮތަށް ރާއްޖޭގެ އުތުރާއި ދެކުނު އަދި މެދުރާއްޖެތެރޭގައި ހާއްސަ އިޖުތިމާއީ މަރުކަޒުތައް ގާއިމުކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.
އެ ވައުދުގެ ތެރެއިން ”އިސްރަށްވެހިންގެ ނާދީ“ގެ ނަމުގައި ހުޅުވި އިސްރަށްވެހީންގެ ފުރަތަމަ މަރުކަޒު ހަދާފައިވަނީ ކީރިތި ގުރުއާނާބެހޭ މަރުކަޒު ކުރިން ހިންގި އިމާރާތުގަ އެވެ. ޖެންޑާ މިނިސްޓްރީން ބުނި ގޮތުގައި، އެ މަރުކަޒަށް އަންނަ އިސްރަށްވެހިންނަށް:
- ހަފުތާއަކު 3 ދުވަހު ކަސްރަތު ޕްރޮގްރާމްތަކެއް ހިންގާނެ
- ހަފުތާއަކު 1 ފަހަރު ކެރަމް، ރާޒުވާ، ޓޭބަލް ޓެނިސްފަދަ ކުޅިވަރުތައް ކުޅުވާނެ
- ކޯޗުންގެ ތަމްރީން ފުރިހަމަ ކުރުމަށް ބޭނުންވާ މީހުނަށް އެ ފުރުސަތު ފަހިކޮށްދޭނެ
- ނަފުސާނީ، ޖިސްމާނީ އަދި މާލީ ދުޅަހެޔޮކަމަށް އެކިއެކި ޕްރޮގްރާމްތައް ހިންގާނެ
- ފެހުމާއި އެހެނިހެން ކުރު މުއްދަތުގެ ކޯސްތައް ހިންގާނެ
- މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް ހިންގާނެ
- ހައިޑްރޯ ތެރެޕީ، އިށީންދެގެން އިނދެކުރާ ކަސްރަތު އަދި ބެލެންސް ޓްރެއިނިން ކްލާސްތައް ހިންގާނެ
- އެންސްޕާގެ ހެލްޕް ޑެސްކެއް ހުންނާނެ
- ކޮންމެ 3 މަހަކުން އެއްފަހަރު ހިޔާލުފާޅުކުރުމާއި ތަޖުރިބާ ހިއްސާކުރުން އޮންނާނެ
- ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭނެ
- ހެލްތް ސްކްރީނިން ސެޝަންތައް ކުރިއަށްދާނެ



ގުޅުންހުރި
އެމްޕީއެލްގެ މުވައްޒަފަކަށް ފިޓް ޖެހިގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި
އަތޮޅުތަކުން މާލެއަށް 1530 ދަރިވަރުން ބަދަލުވެއްޖެ، ގިނައީ ހުޅުމާލެއަށް
އެފްޑީސީގެ ހުރިހާ ޓަވަރަކަށް ކަރަންޓު ގުޅައި ނިންމާލައިފި
ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދެ ޑޮކްޓަރުންނަށް ދައުވާކޮށްފި
މިފްކޯއިން 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައިފި، ކިލޯއަކަށް 20