އައްޑޫ ސިޓީގައި 6،000 ޓޫރިސްޓު އެނދު ހިމެނޭ އައްސޭރި މަޝްރޫއުއާއި ސީޕްލޭން ހަބެއް ގާއިމުކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް، އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހުޅުމީދުއަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އައްޑޫގެ ތަރައްގީއަށް ހިންގާ ބޮޑު ހަތަރު މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށެވެ.
އެއީ ބުރިޖާއި އެއާޕޯޓު މަޝްރޫއު އާއި އައްސޭރި ޓޫރިޒަމް ޕްރޮޖެކްޓާއި ސީޕްލޭން ހަބުގެ މަސައްކަތް ކަމަށާއި އެ މަޝްރޫއުތަކަކީ އެއް މަޝްރޫއު އަނެއް މަޝްރޫއާ ގުޅިފައިވާ މަޝްރޫއުތަކެއް ކަމަށްވެސް ވިދާޅުވި އެވެ.
”އައްސޭރި ޓޫރިޒަމް ޕްރޮޖެކްޓް މި ސިޓީގައި ފެށުން، 6،000 އެނދު ގެނެވޭ ވަރަށް، މަދުވެގެން 6،000 އެނދަށް ޓާގެޓުކޮށްގެން ކުރިއަށްގެންދާ އައްސޭރި ޓޫރިޒަމް ޕްރޮޖެކްޓް ކުރިއަށް ގެންދިއުމާއި އެއާއެކީގައި ސީޕްލޭން ހަބެއް މިތަނުގައި ގާއިމުވެގެން ދިއުމާއި މި ހަތަރުކަން އެކުއެކީގައި ގާއިމުވެގެން ދިޔައީމާ މި ސިޓީގެ ރައްޔިތުންނަށް އެ ލިބެނީ އަބަދު އެދެމުން އަންނަ އުފާ ފާހަގަތިކަން،“ ރައީސް ވިދާޅުވި އެވެ.




ގުޅުންހުރި
ޝަރުއީ ދާއިރާއަށް ކުރިމަތިވަމުން އައި ހުރަސްތައް ހިރާސްތަކަކަށް ބަދަލުވެއްޖެ: އުއްތަމަ ފަނޑިޔާރު
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި
ފިރިމީހާ ނުވަތަ އަނބިމީހާގެ ގޯއްޗެއް އޮތަސް، ގޯތި ލިބޭ ގޮތް ހަދަނީ
މޮރިޝަސްއަށް އިބޫ ފޮނުއްވި ސިޓީ އަނބުރާ ގެންނަނީ
ދިހަ ރިސޯޓެއްގެ ހިއްސާދާރުންނަށް ރައްޔިތުން، ކޮންމެ ރައްޔިތަކަށް 400 ޑޮލަރު!