ފައިސާ ހުރެ، ގަސްތުގައި މަސްވެރިންނަށް ފައިސާ ނުނީ ނުހުންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގދ. ތިނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު، މަސްވެރިކަމުގެ ސިނާއަތު އޮތީ ވަރަށް ދަށް ހާލަތެއްގައި ކަމަށެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން މިހާތަނަށް 442 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށާއި އިތުރަށް ދެވެން އޮތް ވަރަކުން ވެސް އެ ފައިސާ ދެމުން އަންނަ ކަމަށެވެ.
މަސްވެރިން ކޫއްޑޫގައި ކުރަމުން އަންނަ މުޒާހަރާ ހޫނުވެ، އެރަށުން ކަރަންޓް ކަނޑާލާނެ ކަމަށް ބުނެފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ އެމަނިކުފާނު ވަނީ އެފަދަ ކަމެއް ނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.
މަސްވެރިންނަށް ފައިސާ ދޭންޖެހިފައިވާ މި ދުވަސްވަރަކީ ރާއްޖޭގެ އިގްތިސާދު ވެސް ދަތި ދުވަސް ވަރެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު ދެކުނުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. ގެމަނަފުއްޓާއި ދާންދޫ އަދި ވިލިނގިއްޔަށް މާދަމާ ވަޑައިގަންނަވާނެއެވެ.




ގުޅުންހުރި
ތިން މަހުގެ ކުއްޖެއް ފަދަ އިގުތިސާދެއް އޮތް މިގައުމު ހިންގޭނީ ރައީސް
ރަޝިޔާއިން އީރާނަށް ޖާސޫސީ މައުލޫމާތު ޙިއްޞާކުރުމަކުން ކަންބޮޑެއް ނުވޭ: އެމެރިކާ
ބޮޑު އިންޖީނުގެ ނިމުމުން 20 އަހަރަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުވާނެ:
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ޗައިނާ ކުންފުންޏަށް ދިން މަޝްރޫއު މިފަހަރު
ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކުރުމަށް ލޭޑީސްފިންގާ ވަރެއް ނެތް
ކަނޑުމަގުން ވަގަށް އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓު އަތުލައިގެންފި