ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓު އަޅަން ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް ހެދި ކުންފުނި ކަމަށްވާ ބެލްޖިއަމްގެ އެން ވީ ބޭސިކްސް އެސްއޭއާ މިއަދު ހަވާލުކޮށްފި އެވެ.
ގއ. ވިލިނގިއްޔަށް މިއަދު ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި އެ މަޝްރޫއުގެ ޑިޒައިން ދައްކާލައި، އެއްބަސްވުމުގައި ސަރުކާރުން ވަނީ ކުންފުންޏާ އެކު ސޮއިކޮށްފަ އެވެ.
ވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު، ސާވް ޑޮލްމަންސް އެވެ.
އިންފްރާންސްޓްރަކްޗާ މިނިސްޓްރީން ބުނި ގޮތުގައި އެ މަޝްރޫއުގެ ދަށުން 2.2 ކިލޯމީޓަރުގެ ރަންވޭއަކާއި ޓްރާންސިޓް ހޮޓަލެއްގެ އިތުރުން އިންޓަނޭޝަނަލް އެއާޕޯޓެއްގައި ހިމެނޭ އެންމެހައި ވަސީލަތްތައް ތަރައްގީކުރުން ހިމެނެ އެވެ. އޭގެ އިތުރުން މަތީ ފަންތީގެ ރިސޯޓްތަކާއި ޔޮޓް މެރީނާއެއް ތަރައްގީ ކުރުމަށްވެސް ހިމަނާފައިވެ އެވެ.
ގއ. އަތޮޅު ވެރިކަން ކުރާ ރަށް، ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަކީ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގަތް ވައުދެކެވެ.
ބޭސިކްސް ކުންފުންޏަކީ ދުބާއީގެ އެންމެ އުސް އިމާރާތް، ބުރުޖް ހަލީފާ ހެދި އެއް ކުންފުންޏެވެ. އެ ކުންފުނިން ހެދި ހަމަދު އިންޓަނޭޝަނަލް އެއާޕޯޓަކީ ފަސް ތަރީގެ އެއާޕޯޓެކެވެ. އަދި އެއީ ދުނިޔޭގެ ދެވަނައަށް އެންމެ ހިތްގައިމު އެއާޕޯޓެވެ.




ގުޅުންހުރި
ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި ނޭޕާލް ބަޔަކު ހައްޔަރުކޮށް ޑީޕޯޓްކޮށްލަން ނިންމައިފި
ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ފުޓްސަލް ޓީމު ޗައިނާއަށް
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ އަވަހާރަވެއްޖެ
ދެބެއިންގެ ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި
ފުލެޓުތަކުގެ މަސައްކަތް ބީޔޫސީޖީ އާއި ސީއެމްއީސީއަށް، އަންނަ މަހު މަސައްކަތް ފަށަނީ
ހުޅުމާލެއިން ޓޯކުރި 105 އުޅަނދެއް ދޫކޮށްފި