އާސަންދަ ސްކީމްގެ ދަށުން އައިވީއެފްގެ އެހީ ލިބޭނެ މީހުންގެ ޝަރުތުތައް ހިމަނައިގެން ’އައިޔޫއައި‘ އަދި ’އައިވީއެފް’ގެ ފަރުވާތައް އާސަންދަ މެދުވެރިކޮށް ފޯރުކޮށްދިނުމާ ގުޅޭ އުސޫލު އެންސްޕާ އިން މިއަދު އާންމުކޮށްފި އެވެ.
ގުދުރަތީ ގޮތުން ދަރިން ނުލިބޭ މީހުންގެ ފަރުވާއަށް އާސަންދަ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލުކުރަން ނިންމާފައިވާ ކަމެކެވެ. އެ ވައުދަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
އެންސްޕާ އިން މިއަދު އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން އައިވީއެފްގެ އެހީ ލިބޭނެ މީހުންގެ ޝަރުތުތަކަކީ:
– އެހީއަށް އެދޭ ދެމަފިރިންގެ ކައިވެންޏަށް ތިން އަހަރު ވެފައިވުން
– ގުދުރަތީގޮތުން ދަރިމައިވުމަށް ހުރަސްއެޅޭ ފަދަ ސިއްހީ ސަބަބެއް މެދުވެރިވުން ނުވަތަ ސަބަބު ދެނެނުގަނެވި، ދަރިމައިވުމަށް ފާއިތުވި ތިން އަހަރު ނުކުޅެދިފައިވުން. އައިވީއެފް އަކީ އެ ދެ މީހުންނަށް އެންމެ އެދެވިގެންވާ ފަރުވާކަމަށް ކަމާގުޅޭ ސްޕެޝަލިސްޓެއް ލަފާ ދިނުން.
– އައިވީއެފް ފަރުވާ ފަށާއިރު އަނބިމީހާގެ އުމުރުން 30-41 އަހަރުގައި ހުރުން. ފިރިމީހާގެ އުމުރުން 55 އަހަރު ފުރިފައިނުވުން. ނަމަވެސް އަނބިމީހާގެ އުމުރުން 25 އަހަރު ފުރި، ދިމާވާ ސިއްހީ ހާލަތަކާ ހެދި އައިވީއެފް ހެދުމަކީ އެންމެ އެދެވިގެންވާ ފަރުވާކަމަށް ކަމާގުޅޭ ސްޕެޝަލިސްޓެއް ލަފާދީފައިވާނަމަ އަދި އެ އެހެން ޝަރުތުތައް ފުރިހަމަވާނަމަ އެހީއަށް ހުށަހެޅޭނެ.
– އެހީއަށް އެދޭއިރު އަންހެން މީހާގެ ބޮޑީމާސް އިންޑެކްސް 19-30 ގައި ހުރުން.
– އެހީ ހޯދާ ދެމަފިރިން އެހީއަށް އެދުމުގެ ހަ މަސް ދުވަސް ކުރިން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުން.
– އެހީ ހޯދާ ދެމަފިރިން ކުރެ އެއްވެސް މީހަކީ، ފާއިތުވި ތިން އަހަރު ދުވަހު ޖިނާއީ ކުށެއް ސާބިތުވެ ހުކުމެއް ކޮށްފައިވާ މީހެއްކަމުގައި ނުވުން.
– އަމިއްލަ ހަރަދުގައި އައިވީއެފްގެ ތިން ބުރު ފުރިހަމަކޮށްފައިނުވުން.
އައިޔޫއައިގެ އެހީ ލިބޭނެ މީހުންގެ ޝަރުތުތަކަކީ:
– އެހީއަށް އެދޭ ދެމަފިރިންގެ ކައިވެންޏަށް ތިން އަހަރު ވެފައިވުން.
– ގުދުރަތީގޮތުން ދަރިމައިވުމަށް ހުރަސްއެޅޭ ފަދަ ސިއްހީ ސަބަބެއް މެދުވެރިވުން ނުވަތަ ސަބަބު ދެނެނުގަނެވި، ދަރިމައިވުމަށް ފާއިތުވި ތިން އަހަރު ނުކުޅެދިފައިވުން. އައިޔޫއައި އަކީ އެ ފަރާތަށް އެންމެ އެދެވިގެންވާ ފަރުވާކަމަށް ކަމާގުޅޭ ސްޕެޝަލިސްޓެއް ލަފާ ދިނުން.
– އައިޔޫއައިގެ ފަރުވާ ފަށާއިރު އަނބިމީހާގެ އުމުރު 25-41 އަހަރާ ދެމެދުގައި ހުރުން. ފިރިމީހާއަށް 55 އަހަރު ފުރިފައިނުވުން.
– އެހީ ހޯދާ ދެމަފިރިން އެކަމަށް އެދުމުގެ ހަ މަސް ދުވަސް ކުރިން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން.
– އެހީއަށް އެދޭ ދެމަފިރިން ތެރެއިން އެކަކު ވެސް ދަރިމައިނުވާ އޮޕަރޭޝަން ނުކުރުން،
– އެހީއަށް އެދޭއިރު އަންހެން މީހާގެ ބޮޑީމާސް އިންޑެކްސް 19-30 ގައި ހުރުން.
އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވި ގޮތުގައި، އެ އުސޫލު ބައްޓަންކޮށްފައި ވާނީ ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް އެ ހިދުމަތް ލިބޭ ގޮތަށް ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ދުރު ނޫން މުސްތަގްބަލެއްގައި ރާއްޖޭގައި ނެޝަނަލް ފާޓިލިޓީ ކެއާ ސެންޓަރެއް ގާއިމު ކުރެވިދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ގުޅުންހުރި
ރައީސް ވިދާޅުވީ އެންމެ އިސްކަންދޭ އެއްކަމަކީ ރާއްޖެ ޑުރަގުން އެއްކޮށް ސަލާމަތްކުރުން
ބޮަޑު ޑްރަގް ބަސްޓެއް! ލަންކާގެ ބޯޓަކުން އެއް ބިލިއަން ރުފިޔާގެ ޑްރަގު
ހޯކްސްގެ ބޯޓަކުން ވަގަށް ސިނގިރޭޓް އެތެރެކުރުން: އިހުސާން އާއި އަމީން ކޮމިޓީއަށް
ސިއްރު ބައްދަލުވުމެއްގައި އޭސީސީ އާއި އީސީގެ 5 މެންބަރަކު ވަކިކުރަން ފާސްކޮށްފި
މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް
ކަނޑުހުޅުދޫގައި ޑުރަގު މައްސަލައެއްގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީއެއް ހިންގައިފި