ހއ. ކެލާ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީ ކޮށްދޭން ވެވަޑައިގެންނެވި ވައުދު ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އުތުރުގެ ހަތަރު އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހއ. ކެލައަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ކެލާގެ ރައްޔިތުން އެދިފައިވާ ކަންކަމާއި ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
”އެގޮތުން ރަށުގެ ތަރައްގީއަށް ޓޫރިޒަމް ތަރައްގީކުރުން، ފަޅުގައި ރިސޯޓެއް ޑިވެލޮޕްކުރުން، އެއީ އެންމެ މުހިންމު މަޝްރޫއުގެ ގޮތުގައި އަޅުގަނޑު ދަންނަވާލަން. އެ މަޝްރޫއު ހަގީގަތަކަށް ހަދައިދޭނަން،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކެލާ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީ ކުރުމުން، މުޅި ރަށާއި ކައިރި ރަށްތަކަށް ފައިދާ ކުރާނެ ކަމަށެވެ. އަދި އެކަމަކީ އިކޮނޮމިކް ކައުންސިލަށް ހުށަހަޅައިގެން އެންމެ އިސްކަމެއް ދީގެން ކުރައްވާނެ އެއް މަސައްކަތް ކަމަށްވެސް ވިދާޅުވި އެވެ.



ގުޅުންހުރި
އެމްޕީއެލްގެ މުވައްޒަފަކަށް ފިޓް ޖެހިގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި
އަތޮޅުތަކުން މާލެއަށް 1530 ދަރިވަރުން ބަދަލުވެއްޖެ، ގިނައީ ހުޅުމާލެއަށް
އެފްޑީސީގެ ހުރިހާ ޓަވަރަކަށް ކަރަންޓު ގުޅައި ނިންމާލައިފި
ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދެ ޑޮކްޓަރުންނަށް ދައުވާކޮށްފި
މިފްކޯއިން 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައިފި، ކިލޯއަކަށް 20