އަންނަ މަހުން ފެށިގެން މާލެ ސަރަހައްދާއި ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ދޭ އެހެން ރަށްރަށުގެ މިސްކިތްތަކުގައި ބޭނުންކުރާ ކަރަންޓަށް ބިލްކުރަމުންދާނީ ޑޮމެސްޓިކް ރޭޓުން ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
އަންނަ މަހުން ފެށިގެން މިސްކިތްތަކުގެ ކަރަންޓު ބިލު ކުޑަކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ އިއުލާން ކުރައްވައިފަ އެވެ.
އެކަމާ ގުޅިގެން ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިސްކިތްތަކުގައި ބޭނުންކުރާ ކަރަންޓަށް ބިލްކުރުން ޑޮމެސްޓިކް ރޭޓަށް ބަދަލުކުރެއްވުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަށް މަރުހަބާ ދަންނަވާ ކަމަށެވެ.
”އެ މަނިކުފާނު ރޭ ކުޅުދުއްފުށި ސިޓީގައި އިއުލާނުކުރެއްވި ފަދައިން ގްރޭޓާ މާލެ ސަރަހައްދާއި ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ދޭ އެހެން ރަށްރަށުގައިވެސް ކުރިއަށް އޮތް މަހުން ފެށިގެން މިސްކިތްތަކުގައި ބޭނުންކުރާ ކަރަންޓަށް ބިލްކުރަމުންދާނީ ޑޮމެސްޓިކް ރޭޓުން،“ ފަހުމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ނިންމެވުމަކީ ލާމަރުކަޒީ ނިޒާމުގެ މުގޫ ކަމުގައިވާ ކައުންސިލްތައް ބާރުވެރި ކުރުމަށާއި ކައުންސިލްތަކުން ކުރާ ހަރަދު އިގުތިސާދުކޮށް ސިންދަފާތު ކުރެވޭނެ މަގުފަހިކުރުމަށް މި ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ތެރެއިން ނިންމި ފުރިހަމަ އަދި މުހިއްމު ނިންމުމެއް ކަމަށެވެ.
ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ގާނޫނު ހަދާފައި އޮންނަ ގޮތުން ކައުންސިލުތަކަށް ލިބޭ މަދު ފައިސާކޮޅުގެ ތެރެއިން ކަރަންޓަށް ބޮޑު ހަރަދެއް ކުރަންޖެހޭ ކަމަށެވެ. އެ ބޮޑު ހަރަދު ކުރަން ޖެހެނީ ގަވަރުމަންޓް ރޭޓުގައި ކަރަންޓަށް ބިލު ކުރާތީ ކަމަށްވެސް ވިދާޅުވި އެވެ.

ގުޅުންހުރި
އިރު ހުރީ ސީދާ ރާއްޖެއާ ދިމާ މަތީގައި، އެންމެ ހޫނު ގަދަވާނީ
މެޑަމް ސާޖިދާ ގޮވާލެއްވީ މިވަގުތު ކަންކަން ހަލަބޮލި ނުކޮށް، އިންސާފަށް ޖާގަ
މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަން އުޅެނިކޮށް ފަޒީން އިސްތިއުފާ ދެއްވައިފި
މާންދީ ގަޔަށް ކަޅުތެޔޮ ޖަހައިފި، މެޑަމް ސާޖިދާ ވިދާޅުވީ ބަލައެއް ނުގަނެވޭނެ
ލަންކާގެ ގޭންގު ލީޑަރަކު މަރާލުމުގައި އިސްކޮށް ހުރި ކަމަށް ބުނާ އިޝާރާ
ދިން ފަހު ފުރުސަތުގައި ވެސް ޖާހުގެ ފްލެޓްތަކެއް ނުނިންމުނު، އެއްބަސްވުން ބާތިލުކޮށްފި