އެ މަނިކުފާނަކީ ވައުދުތަކަށް ސަމާލުކަން ދެއްވާނެ ބޭފުޅެއް ކަމަށާއި އެއްވެސް ކަމެއް ހަނދާން ނައްތާނުލައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އުތުރުގެ ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ށ. ފުނަދުއަށް އިއްޔެ ވަޑައިގެން މިއަދު ރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ފުނަދުއަށް ވެވަޑައިގެންނެވި ވައުދުތައް އެއީ ހަގީގަތުގައި ފުއްދައިދިނުމަށްވީ ވެވަޑައިގެންނެވި ވައުދުތަކެއް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެ ހުރިހާ ކަމެއް ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށެވެ.
އެގޮތުން އެންމެ އިސްކަމެއްދޭ އެއް ކަމެއްގެ ގޮތުގައި ފުނަދޫ ހޮސްޕިޓަލަކީ ހިދުމަތާއި އިމާރާތާއި މުވައްޒަފުންގެ އަދަދުގެ ގޮތުން ބެލި ރަނގަޅު ކޮށްދެއްވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން އެއާޕޯޓުގެ ޖާގައާއި ފްލައިޓް އިތުރުކުރުމަށާއި ހިދުމަތް ރަނގަޅުކުރުމުގެ އިތުރުން ރަންވޭ ދިގު ކުރުމާއި ބަނދަރުގެ މަސައްކަތާއި މިހާރު ހަވާލުކޮށްފައިވާ ބިން ހިއްކުމުގެ މަޝްރޫއުވެސް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވަނީ ފުނަދޫގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހަދައިދެއްވުމަށާއި ކުޅިވަރު ކުޅުމަށް އިތުރު ވަސީލަތްތައް ގާއިމުކޮށްދެއްވުމަށާއި ސްކޫލުގެ ޖާގަ އިތުރުކޮށް ހިދުމަތްތައް ރަނގަޅު ކުރުމަށް ސަރުކާރުން ވެފައިވާ ވައުދުތައްވެސް ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
”އަޅުގަނޑަކީ ވައުދުތަކަށް ސަމާލުކަން ދޭނެ މީހެއް، އެއްވެސް ކަމެއް ހަނދާން ނައްތާލައިގެން އޭގެން ރައްޔިތުންނަށް ނާއުއްމީދު އަންނާކަށް ޖާގަ ދޭކަށް ބޭނުމެއް ނޫން. އެހެންވީމަ އެހާ އަވަހަށް، ފުރަތަމަ ދުވަހުންވެސް ފެށިގެންވެސް އިގުތިސާދު ކޮޅަށްޖަހަން ފެށީ. ފުރަތަމަ ދުވަހު އެ މަސައްކަތް ނުފަށައި ބޭއްވި ނަމަ، ވައުދުތައް ފުއްދާނެކަމުގެ ޔަގީންކަމެއް ނުދެވޭނެ،“ ރައީސް ވިދާޅުވި އެވެ.

ގުޅުންހުރި
ގްރޭޓާ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް ނަމުގައި އާ ކުންފުންޏެއް އުފައްދައިފި
ހެޔޮލަފާ ވެރިކަމެއްގެ ހަގީގީ މަންޒަރުތައް ދިވެހިންނަށް ފެނި މިދަނީ ކަށަވަރުވަމުން: ފަހުމީ
ރައީސްގެ ދެކަނބަލުން ހައްޖަށް ފުރާވަޑައިގެންފި، އަރިހުގައި 8 ބޭފުޅުން ބައިވެރިވޭ
ގާ އެޅުމަށާއި ކާސްޓިން މަސައްކަތްތަކައް ކުންފުންޏެއް ރައީސް އުފައްދަވައިފި
މިއަންނަ މަހުން ފެށިގެން ކަރަންޓުގެ އަގު ކުޑަކުރަން ރައީސް ނިންމަވައިފި
ސައުދީގެ ”ޕްރިންސް“ އާ ގުޅޭ ލިޔުންތަކާއި ފޮޓޯތައް ރައީސް އޮފީހުގެ ވެބްސައިޓުން