އޭދަފުށީގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވި ގޮތަށް ބ. މާއްޑޫއަކީ އޭދަފުށީގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައިފި އެވެ.
ރައީސް ޑރ. މުއިއްޒު، ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ އޭދަފުއްޓަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެ މަނިކުފާނު ވަނީ އޭދަފުށީގެ ބައެއްގެ ގޮތުގައި މާއްޑޫ ކަނޑައަޅުއްވައި އެކަމާ ބެހޭ ލިޔެކިޔުންތައް މި ހަފުތާގެ ތެރޭ އެ ރަށު ކައުންސިލާ ހަވާލުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް މިއަދު ވަނީ މާއްޑޫއަކީ އޭދަފުށީގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައި ގަރާރެއް ނެރުއްވައިފަ އެވެ.
ރައީސްގެ ގަރާރުގައި ވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން އެ މަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން މާއްޑޫއަކީ އޭދަފުށީގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވާ ކަމަށެވެ. އަދި އެއާއެކު މީގެ ކުރިން ފަޅުރަށެއްގެ ގޮތުގައި އޮތް މާއްޑޫއަކީ ބ. އަތޮޅުގެ ވެރިކަން ކުރާ ރަށުގެ ބައެއް ކަމަށް ވިދާޅުވެފައިވެ އެވެ.
މާއްޑޫ މިއަދު އޭދަފުށީގެ ބައެއްގެ ގޮތުގައި ހަމަޖެއްސި އިރު، 29.6 ހެކްޓަރުގެ މާއްޑޫއަކީ 28 ޖުލައި 2013 އިން ފެށިގެން އޭދަފުށީ ކައުންސިލާ ހަވާލުކޮށްފައި އޮންނަ ރަށެކެވެ.




ގުޅުންހުރި
ކައުންސިލް އިންތިޚާބު އޮބްޒާވުކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފި
ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފުލެޓުތަކަށް ވަދެވޭނެ: މުއްތަލިބު
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވައި ފެނިއްޖެ
ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލައިފި
ވާދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، ދެ މީހަކު ގެއްލިއްޖެ
ރިސޯޓެއްގެ ޑަސްބިނުން ފެނުނު ކުއްޖާގެ ޖަނާޒާ ބާއްވައިފި