ވެހިކަލް ރަޖިސްޓްރީ ކުރަން ހުށަހަޅާ ގަރާޖުގެ ސައްހަކަން ކަށަވަރުކުރުމަށް، އެ ގަރާޖަކީ ވެހިކަލް ބޭއްވޭ ގޮތަށް ހުރިތަނެއްތޯ ބެލުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ، އެއްގަމުގައި ދުއްވާ ވެހިކަލް ރަޖިސްޓްރީ ކުރުމުގައި ގަރާޖުގެ ވެރިފަރާތަށް ނޭނގި، އެ ގަރާޖުތަކުގައި ވެހިކަލް ރަޖިސްޓްރީ ކުރަމުންގެންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށްވެސް ބުންޏެވެ.
އެގޮތުން އެއްގަމުގައި ދުއްވާ ވެހިކަލްތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ ވެހިކަލް ރަޖިސްޓްރީ ކުރުމުގެ މަރުހަލާތައް ގާނޫނާއި ގަވާއިދާ އެއްގޮތަށް ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒު ނުކުރާކަމުގެ ސިޓީގެ ސައްހަކަން ކަށަވަރު ކުރަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ ހަތަރުވަނަ މާޢްދާގެ (ރ)ގައި ބުނަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކޮށްދެވޭނީ އެ އުޅަނދެއް ރަޖިސްޓްރީ ކުރުމަށް ލިޔުންތައް ހުށަހަޅާއިރު، ގަރާޖެއްގައި އެ އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމަކާއި ގަރާޖުގެ ވެރިފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއި އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓްރީކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުންތައް ހުށަހެޅުމުންނެވެ.




ގުޅުންހުރި
ޝަމްއާނަށް ގާޒީގެ އިންޒާރު: ހެޑްލައިން ހެދުމަށް ފުރުސަތެއް ނުދޭނަން!
ނަރުހުންނާއި ޓީޗަރުން ހިމެނޭހެން ވަޒީފާތަކަށް ބިދޭސީން ގެނައުން މަނާކުރަނީ
ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ މިރޭ ހުޅުމާލޭގައި ބާއްވަނީ
މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް
ދޯންޏެއްގައި އެކަނި ދަތުރަކަށް ނުކުމެ އުޅުނު މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި
ބޭސްފަރުވާގެ އެހީގެ ގޮތުގައި މިދިޔަ މަހު 35 މިލިއަން ރުފިޔާ ދިނިން: