އިޒްރޭލަށް، ހަތިޔާރު ވިއްކުން މަނާކުރުމަށް ރާއްޖެއިން ގޮވާލައިފި އެވެ.
ރާއްޖެއިން އެގޮތަށް ގޮވާލީ އިއްޔެ ބޭއްވި ”ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީ އޮން ދަ ޔޫޒް އޮފް ވީޓޯ“ ބައްދަލުވުމުގަ އެވެ.
އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަމުން ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. އަލީ ނަސީރު ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ޔުނައިޑެޓް ނޭޝަންސް ސެކިއުރެޓީ ކައުންސިލް (ޔޫއެންއެސްސީ) އަށް އިޒްރޭލާ ދެކޮޅަށް ހުށަހެޅި މައްސަލަ ވީޓޯ ކުރުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން މެރުމަށާއި ޒަހަމް ކުރުމަށް އިޒްރޭލަށް ލައިސަންސެއް ލިބިދީފައިވާ ކަމަށެވެ.
އެގޮތުން ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު، އިންސާނީ އެހީއަށް ބޭނުންވެފައިވާ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ދިން ހަމަލާ ރާއްޖެއިން ފާހަގަކުރި އެވެ.
ނަސީރު ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ޔޫއެންއެސްސީން މިހާރުން މިހާރަށް ފިޔަވަޅައި ގަތުލުއާންމު ހުއްޓުވަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުން އިޒްރޭލުން ހިންގާ ހަނގުރާމަވެރި ކުށްތަކާ ދެކޮޅަށް މަސައްކަތްކޮށް، އިޒްރޭލު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.




ގުޅުންހުރި
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ޕާކިސްތާނުގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައި 30 އަށްވުރެ ގިނަ މީހުން މަރާލައިފި
ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއް، ސަވާބު ލިބިލިބި ހުންނާނެ ކަމެއް: ހުތުބާ
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް ސްކޭމްގެ މައްސަލައެއްގައި ހައްޔަރުކޮށްފި
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި
ވެލެންސިއާ ރެލިގޭޓުކޮށްލުމަށް، ގްރީނުން މެޗު ފިކްސިންގެ އަމަލު ހިންގިކަމުގެ ތުހުމަތު