ޑިސެމްބަރ 12, 2024

ސަރުކާރުން ހަދިޔާކުރާ ފުށާއި ބާސްމަތީ ހަނޑޫ ދޫކުރަން ފަށައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް، ރޯދަ މަހަށް ކޮންމެ ގޭބިސީއަކަށް ހަނޑުލާއި ފުށް ދޫކުރަން ފަށައިފި އެވެ

މި ރޯދަ މަހު ކޮންމެ ގެއަކަށް ސަރުކާރުގެ ފަރާތުން 10 ކިލޯގެ ހަނޑޫ އަދި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާކުރައްވާނެ ކަމަށް ރައީސް އިއުލާނުކުރެއްވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުން، ކާޑުގެ ބާވަތްތައް ދޫކުރާނީ ހަމައެކަނި ދިވެހިންނަށެވެ. އެގޮތަށް ދޫކުރާނީ ކަރަންޓު މީޓަރުގެ ނަންބަރަށް ބެލުމަށްފަހު ބަލާ ދާ މީހާގެ އައިޑީކާޑު ނަންބަރު ނޯޓު ކުރުމަށްފަހު ކަމަށްވެސް ބުންޏެވެ.

މުދާ ދޫކުރުމަށް ރޭވިފައިވާ ގޮތް:

  • މާލެ ސަރަހައްދުގައި މުދާ ދޫކުރާނީ މާލެ ސިޓީ ކައުންސިލުން
  • މުދާ ދޫކުރަން ފަށާނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް
  • މުލަ ރޯދަ ދުވަސް އަދި ހުކުރު ދުވަހު މުދާ ބެހުން ކުރިއަކަށް ނުގެންދާނެ
  • ރަށްރަށަށް ގެންދާ މުދާ އިއްޔެ ދޯނިތަކަށް ބަރުކުރަން ވަނީ ފަށާފައި
  • ރަށްރަށުގައި މުދާ ބަހާނީ ރަށު ކައުންސިލުން

 

އެސްޓީއޯ އިން ބުނި ގޮތުގައި، މާލެ ސަރަހައްދުގައި މުދާ ދޫކުރަން ނިންމާފައިވަނީ ހެނދުނު 10:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށެވެ. ރޯދަ މަހު މުދާ ދޫކުރަން ނިންމާފައިވަނީ ހެނދުނު 9:30 އިން މެންދުރު 1:00 އަށް އަދި ރޭގަނޑު 9:00 އިން 11:30 އަށް ކަމަށްވެސް ބުންޏެވެ.

މާލެ ސަރަހައްދުގައި ހަދިޔާ ދޫކުރާނީ ހަތް ތަނަކުންނެވެ. އެއީ:

– މާލެއިން: މާލެ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާބެހޭ ބައި އަދި ސޯޝަލް ސެންޓަރު

– ވިލިމާލެ: ބިއްރި މިސްކިތް ހޯލް

– ހުޅުމާލެ ފޭސް-1: އުމަރު ޒާހިރު ބިލްޑިން

– ހުޅުމާލެ ފޭސް-2: ހިޔާ ފްލެޓް ޓަވަރު 10 ޔޫތް ސެންޓަރު