ޖުލައި 4, 2024

ހަފްތާ ބަދިގެ: ކްރޮސޯންޓް ޕުޑިން

ބޭނުންވާ ތަކެތި

  • 4 ކޮރޮސޯންޓް
  • 4 ބިސް
  • 1 އޮރެންޖްގެ ބޭރު ތޮށި (ގާނާފައި)
  • 1 މޭޒުމަތީ ސަމުސާ ސިނަމަން ޕައުޑަރ
  • ¼ ޖޯޑު ހަކުރު
  • 1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
  • ¼ ޖޯޑު ބްލޫބެރީސް (ދެފަޅި ކޮށްފައި)
  • ¼ ޖޯޑު ސްޓޯބެރީ (ދެފަޅި ކޮށްފައި)
  • 2 ޖޯޑު ވިޕިންގް ކްރީމް

 

ތައްޔާރުކުރާނެ ގޮތް

ކޮންޓެއިނަރެއްގައި ވިޕިން ކްރީމް، ހަކުރު، ބިސް، އޮރެންޖް ޒެސްޓް، ވެނީލާ އެސެންސް އަދި ސިނަމަން ޕައުޑަރު ރަނގަޅަށް އެއްކޮށްލާށެވެ.

ކްރޮސޯންޓްތަކުގެ ދެކޮޅު ބުރިކުރުމަށްފަހު މީތި ތުނި ލޭޔާކޮށް ކަފާލާށެވެ. ޓްރޭއެއްގައި ތެޔޮކޮޅެއް ހޭކުމަށްފަހު ކްރޮސޯންޓްތައް ޓްރޭގެ ފުލުގައި ފަތުރާލާށެވެ. އެއަށްފަހު ކުރިން ތައްޔާރުކުރި ކްރީމް މިކްސް ކްރޮސޯންޓްތައް މަތީގައި ފަތުރާލާށެވެ.

އަވަން 180 ޑިގްރީއަށް ހޫނުކުރުމަށްފަހު މި މިކްސް އަވަންއަށް ލައި 40 މިނެޓް ވަންދެން ފިހެލާށެވެ. ފިހެވުމުން އަވަން އިން ނެގުމަށްފަހު މީގެ މައްޗަށް ބްލޫބެރީސް އަދި ސްޓޯބެރީސްކޮޅު ފަތުރާލައި އިތުރު 20 މިނެޓް ވަންދެން މި މިކްސް އަވަންގައި ފިހެލާށެވެ.

މިހުރީ ތައްޔާރުވެ ނިމިފައެވެ. އައިސްކްރީމް އާއެކު ކާލަން ވަރަށް މީރުވާނެ އެވެ.

އެޑިޓަރުގެ ނޯޓް: އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މި އަހަރުގެ ރޯދަމަހުވެސް މި ނޫހުގެ ބަދިގެ ސެގްމަންޓުގެ ދަށުން ކޮންމެ ދުވަހަކުވެސް ކުޅި އަދި ފޮނި ކާއެއްޗެއް ތައްޔާރު ކުރާނެ ގޮތް ހިއްސާ ކުރަމުން ގެންދާނެ އެވެ. އިންތިޒާރު ކޮށްލާށެވެ!