މިދިޔަ 18 ދުވަހުގެ ތެރޭގައި މާލެ ތެރެއިން އެކަނިވެސް 305 ޓަނުގެ ކުނި ނަގާފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ގެތައް ސާފުކުރުމަކީ އާންމު ކަމެކެވެ. ނަމަވެސް މި އަހަރުގެ ރޯދަ މަހާ ދިމާކޮށް ގެތައް ސާފުކޮށްފައި ނެރެފައިވާ ކުނިތަކުން މާލޭގެ މަގުތައް ވަރަށް ބޮޑަށް ވަނީ ގޮނޑުވެފަ އެވެ.
މާލޭގެ މަގުތައް ސާފުކުރުމުގެ މަސައްކަތް ވެމްކޯ އާއި މާލޭ ސިޓީ ކައުންސިލުންވެސް ކުރަމުން އަންނައިރު، އާޒިމް ވިދާޅުވީ އިއްޔެ އެކަނިވެސް 42.15 ޓަނުގެ ކުނި މާލެ ސިޓީ ކައުންސިލުން އެކަނިވެސް ނަގާފައިވާ ކަމަށެވެ.
”މިދިޔަ 18 ދުވަސްތެރޭ 305.65 ޓަނުގެ ކުނި މާލެ ތެރެއިން ނެގުނު. މިއީ 25 ފޫޓުގެ 12.22 ކޮންޓޭނަރުގެ ކުނި. އަޅުގަނޑު އެދެނީ މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެއްދެވުމަށް،“ އާޒިމް ވިދާޅުވި އެވެ.

ގުޅުންހުރި
ޖަލުން ފިލަންވެގެން ފާރުގައި ހެދި ބާގަނޑުގައި ތާށިވެއްޖެ!
ފާއިތުވި ހަފުތާގެ ނިޔަލަށް ބަޖެޓުން 20 ބިލިއަން ރުފިޔާ ހަރަދުކޮށްފި
އެކްސިޑެންޓެއްވުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފި
ހިލޭސާބަހަށް މަސައްކަތް ކުރަން ޖަމިއްޔާއެއް ސާޖިދާ އުފައްދަވައިފި
ހިޖުރައިން ލިބޭ ފިލާވަޅަކީ ދަތި އުނދަގޫތަކުގައި އީމަންކަންމަތީ ތިބިމުގެ މުހިންމުކަން: ހުތުބާ
ނަޝީދު ސޮއިކުރާ ހަފުލާ ބާއްވަން ތަނެއް ނުދީފި ނަމަ ބާއްވާނީ މުލިއާގޭ