ޕެންޝަން ފަންޑު ރައްޔިތުންނަށް ފައިދާވާ ގޮތަކަށް ބައްޓަންކުރަން ބޭނުންފުޅުވާ ކަމަށާއި ނަމަވެސް އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީސް ސަރުކާރަށް ލިބިގެންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ކުރިއަށް ގެންދާ ”ރައީސްގެ ޖަވާބު“ ޕްރޮގްރާމުގައި އާންމުންގެ މީހަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ވަޒީފާގައި އުޅޭއިރު މުސާރައިން ޕެންޝަނަށް ނަގާ ފައިސާ، ވަޒީފާއިން ވަކިވާތަނުން ބޭނުން ނުހިފޭ ކަމުގެ ކަންބޮޑުވުން ގަބޫލުކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވީ ޕެންޝަނަކީ ގާނޫނުއްގެ ދަށުން ނަގަމުންދާ އެއްޗެއް ކަމަށެވެ.
”އަޅުގަނޑު ބޭނުން ޕެންޝަން ސްކީމް ވަރުގަދަކުރަން ވެސް އޭގެން ފައިދާ އެންމެ ރަނގަޅު ގޮތުގައި ރައްޔިތުންނަށް ވާނެ ގޮތް ހަދަން. ދެން އެއަށް އެއްވެސް ކަަހަލަ ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން. އެހެންވީމާ ތިވިދާޅުވި ކަހަލަ އިސްލާހުތައް ގެނެވޭނެ ފުރުސަތު ރައްޔިތުންގެ މަޖިލިސްގެ ތެރެއިން ލިބިގެން ދިޔުމަކީ ތިވިދާޅުވި ކަހަލަ ކަންކަން ކުރެވޭނެ ގޮތް،“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނު ވެސް ބޭނުންފުޅުވަނީ ޕެންޝަންގެ ފައިސާ ބޭނުން ކުރެވޭނެ ގޮތްތަކެއް ހަމަޖެހިގެން ދިޔުން ކަމަށެވެ.




ގުޅުންހުރި
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުން ސުޖާތާ އިސްތިއުފާ ދެއްވައިފި
2.4 ބިލިއަން ރުފިޔާގެ ބޮންޑުން ބޭރު ފައިސާގެ ރިޒާވެއް އުފެދޭނެ: ޕެންޝަން
މުސާރަދޭން ޕެންޝަން ފަންޑު ބޭނުންކޮށްގެން ނުވާނެ، މިދަނީ އަނދަވަޅަކަށް ވެއްޓެން
ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމުން ރައީސް ވަހީދު އިސްތިއުފާދެއްވައިފި
ރައީސް ޖަރުމަނަށް ވަޑައިގަންނަވަނީ، ދެ ތަނެއްގައި ތަގުރީރު ކުރައްވާނެ
ފައިސާ ޗާޕުކުރަން އުޅޭތީ ޕެންޝަން އޮފީހުގެ ޗެއާމަންކަމުން އިނާޒް އިސްތިއުފާ ދެއްވައިފި