ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ވައިގެ މަގުން ބެލެހެއްޓުމަށް ސިފައިންގެ ހާއްސަ ފައުޖެއް އުފައްދައި، ޑްރޯން ދީފިއެވެ.
ނ. މާފަރުގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތެއްގައި އެމްއެންޑީއެފް އެއާ ކޯ އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެއާ ކޯ އާއެކު ވަނީ އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ނުވަތަ ޑްރޯންވެސް އެމްއެންޑީއެފްއަށް ތައާރަފުކޮށް، ބޭނުން ކުރަން ފަށައިފައެވެ.
މިރޭގެ ރަސްމިއްޔާތުގައި ވަނީ ޑްރޯންތަކުން ނަގާފައިވާ ލައިފް ވީޑިއޯ ފޫޓޭޖުތަކެއް ދައްކައިފައެވެ. ބްލެކްއެންޑްވައިޑް އެ ފުޓޭޖުތަކުން ފެންނަނީ މަަސް ދޯންޏަކާއި އެމްއެންޑީއެފުގެ ޑިންގީ އެކެވެ.
ރާއްޖޭގައި ބޭނުންކުރާ ބައިރަކްތާރު ޓީބީ2 ޑްރޯންއަކީ 2014 ވަނަ އަހަރު ތުރުކީގެ ކުންފުންޏަކުން ތައާރަފުކުރި ޑްރޯންއެކެވެ. ބައިރަކްތާރު ޓީބީ2 ޑްރޯންއަކީ ދިގު މިނުގައި ހަ މީޓަރު، ފިޔަގަނޑުގައި 12 ހުންނަ ޑްރޯންއެކެވެ. އެ ޑްރޯންއަކީ 21 ދިގުމިނުގައި ހަ މީޓަރު އަދި ފިޔަގަނޑުގައި 12 މީޓަރު ހުންނަ މި ޑްރޯން އަކީ 27 ގަޑިއިރަށްވުރެ ގިނައިރު އުދުއްސޭ ގޮތަށް ފަރުމާކޮށްފައިވާ ޑްރޯންއެކެވެ. އަދި ގާތްގަނޑަކަށް 700 ކިލޯގެ މި ޑްރޯން 25،000 އަށްވުރެ ފޫޓު މަތިން އުދުހުމުގެ ގާބިލުކަން ބައިރަކްތާރު ޓީބީ2 ލިބިގެންވެއެވެ. 70 އާއި 120 ނޮޓުގެ ސްޕީޑުގައި ދުއްވުމުގެ ގާބިލުކަންވެސް ޑްރޯންއަށް ލިބިގެންވެއެވެ.
މީގެ އިތުރުން އެ ޑްރޯންގައި ފުލީ އޮޓޮމޭޓެޑް އަދި މުވާސަލާތީ ހިދުމަތްތަކުގެ ރޭންޖު 300 ކިލޯމީޓަރާ ހަމައަށް ހުންނައިރު ލޭޒާ ގައިޑަޑް މިސައިލް ހަރުކުރުމުގެ ގާބިލުކަން ޑްރޯންގައި ހުންނާނެއެވެ. ޕޭލޯޑް ކެޕޭސިޓީއަކީ 150 ކިލޯހުރިއިރު އިންޓެލިޖެންސް ސަވޭލަންސް އޮޕަރޭޝަންސްތައް ހިންގުމުގެގާބިލުކަމާއި އެޓޭކް މިޝަންސް ކުރިއަށް ގެންދިއުމުގެ ގާބިލުކަންަ ބައިރަކްތާރު ޓީބީ2 ގައި ހުރެއެވެ. އަދި ސާޖިކަލް ޕްރިޒިޝަން ސްޓްރައިކްތައް ހެދުމުގެ ގާބިލުކަންވެސް ހުރެއެވެ.
ގުޅުންހުރި
ސިފައިންނާއި ފުލުހުންގެ މެޑިކަލް ވެލްފެއާ ސްކީމް އުވާލަނީ
ދިވެހި ސިފައިންގެ އަތަށް ޑޯނިއާ ދުއްވަން ނުދޭ ސަބަބުން ސިއްރުކުރަން ޑިފެންސުން
ގައުމީ ހެލްޕް ލައިނެއް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފި
ވަނގާރުގެ ކައިރިން ލަންކާގެ މަސްބޯޓެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ދިވެހި ސިފައިންގެ ފަރާތުން ފަލަސްތީން ފަންޑަށް 2.1 މިލިއަން ރުފިޔާ!
ޑައިވިން ދޯންޏެއްގައި މަހަށް ދިޔަ ދެ މީހަކު ވީނުވީ ނޭނގި ގެއްލުމުން