އޮކްޓޯބަރ 5, 2024

ޑްރޯންތަކުގެ ތެރެއިން ބައެއް ޑްރޯންތަކަކީ ތުރުކީގެ ހިލޭ އެހީ: ރައީސް

އެމްއެންޑީއެފުން މިރޭ ބޭނުންކުރަން ފެށި ޑްރޯންތަކުގެ ތެރެއިން ބައެއް ޑްރޯންތަކަކީ ތުރުކީގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ޑްރޯންތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނ. މާފަރުގައި އެމްއެންޑީއެފްގެ އެއާ ކޯ އަދި ޑްރޯން ބޭނުން ކުރުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖެއަށް ޑްރޯން ގެނެސް، ބޭނުން ކުރަން ފެށުމުގެ މަޝްވަރާ އެންމެ ފުރަތަމަ ކުރެއްވީ އެ މަނިކުފާނު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކަމަށެވެ. ރާއްޖޭގައި ޑްރޯން ބޭނުން ކުރަން ފެށުމުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ. 

”އަދި މީގެ ގިނަ އާލާތްތަކަކީ މި ގާތްކަމުގެ ތެރެއިން ދިވެހި ގައުމަށް (ތުރުކީ) ހިލޭ ހަދިޔާކުރައްވާފައިވާ ތަކެތިކަން އަޅުގަނޑު ފަހުރުވެރިކަމާއެކީ ފާހަގަކުރަން،“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިވަގުތު ތިން ޑްރޯން ބޭނުން ކުރަން ފެށިނަމަވެސް ރައީސް އުރުދުގާންއާއެކު އޮންނަ ގާތްގުޅުމުގެ ސަބަބުން،މުސްތަގުބަލުގައި ބޭނުން ކުރާނެ ޑްރޯންތަކުގެ އަދަދު އެއަށްވުރެ އިތުރުވާނެ ކަމަށެވެ.

ރާއްޖޭގައި ބޭނުންކުރަން ފެށި ބައިރަކްތާރު ޓީބީ2 ޑްރޯންއަކީ 2014 ވަނަ އަހަރު ތުރުކީގެ ކުންފުންޏަކުން ތައާރަފުކުރި ޑްރޯންއެކެވެ. ބައިރަކްތާރު ޓީބީ2 ޑްރޯންއަކީ ދިގު މިނުގައި ހަ މީޓަރު، ފިޔަގަނޑުގައި 12 ހުންނަ ޑްރޯންއެކެވެ. އެ ޑްރޯންއަކީ 21 ދިގުމިނުގައި ހަ މީޓަރު އަދި ފިޔަގަނޑުގައި 12 މީޓަރު ހުންނަ މި ޑްރޯން އަކީ 27 ގަޑިއިރަށްވުރެ ގިނައިރު އުދުއްސޭ ގޮތަށް ފަރުމާކޮށްފައިވާ ޑްރޯންއެކެވެ. އަދި ގާތްގަނޑަކަށް 700 ކިލޯގެ މި ޑްރޯން 25،000 އަށްވުރެ ފޫޓު މަތިން އުދުހުމުގެ ގާބިލުކަން ބައިރަކްތާރު ޓީބީ2 ލިބިގެންވެއެވެ. 70 އާއި 120 ނޮޓުގެ ސްޕީޑުގައި ދުއްވުމުގެ ގާބިލުކަންވެސް ޑްރޯންއަށް ލިބިގެންވެއެވެ.

މީގެ އިތުރުން އެ ޑްރޯންގައި ފުލީ އޮޓޮމޭޓެޑް އަދި މުވާސަލާތީ ހިދުމަތްތަކުގެ ރޭންޖު 300 ކިލޯމީޓަރާ ހަމައަށް ހުންނައިރު ލޭޒާ ގައިޑަޑް މިސައިލް ހަރުކުރުމުގެ ގާބިލުކަން ޑްރޯންގައި ހުންނާނެއެވެ. ޕޭލޯޑް ކެޕޭސިޓީއަކީ 150 ކިލޯހުރިއިރު އިންޓެލިޖެންސް ސަވޭލަންސް އޮޕަރޭޝަންސްތައް ހިންގުމުގެގާބިލުކަމާއި އެޓޭކް މިޝަންސް ކުރިއަށް ގެންދިއުމުގެ ގާބިލުކަންަ ބައިރަކްތާރު ޓީބީ2 ގައި ހުރެއެވެ. އަދި ސާޖިކަލް ޕްރިޒިޝަން ސްޓްރައިކްތައް ހެދުމުގެ ގާބިލުކަންވެސް ހުރެއެވެ.