ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް

ރައީސްގެ ދެކަނބަލުން ---

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.

ދެކަނބަލުން އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް ރައީސް އޮފީހަކުން ނުބުނެ އެވެ.

ރައީސްގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅަށް އާންމުކޮށް ވަޑައިގަންނަވަނީ ސިންގަޕޫރަށެވެ. އެގޮތުން މިދިޔަ މޭ މަހުގެ ތެރޭގައިވެސް ރައީސްގެ ދެކަނބަލުން ވަނީ ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރައްވައިފަ އެވެ.