ބޭނުންވާ ތަކެތި
- ޓޯޓިއްލާ
- 1 ފިޔާ (ކުދިކޮށް ކޮށާފައި)
- ¼ ބެލް ޕެޕާ (ކުދިކޮށް ކޮށާފައި)
- 200ގ ގްރައުންޑް ބީފް
- ރަހަލާވަރަށް ލޮނު
- 1 ސައިސަމުސާ އަސޭމިރުސް
- ½ ސައިސަމުސާ ގާލިކް ޕައުޑަރު
- ½ ސައިސަމުސާ ޕަޕްރީކާ
- 1 ސައިސަމުސާ ޓޮމާޓޯ ޕޭސްޓް
- 1 ބޭ ލީފް
- މޮޒަރެއްލާ ޗީޒް (ގާނާފައި)
ތައްޔާރުކުރާނެ ގޮތް
ތަވައަކަށް ކުޑަ ތެޔޮކޮޅެއް އެޅުމަށްފަހު ބީފްކޮޅު އަޅައި ރޯފިލުވާލާށެވެ. އެއަށްފަހު މީގެ ތެރެއަށް ފިޔާ އަދި ބެލް ޕެޕާ އަޅައި ފިޔާކޮޅު ރަތްކޮށްލާށެވެ.
ދެން މީގެ ތެރެއަށް ލޮނު، އަސޭމިރުސް، ގާލިކް ޕައުޑަރު އަދި ޕަޕްރީކާ އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު މީގެ ތެރެއަށް ބޭ ލީފް އަދި ޓޮމާޓޯ ޕޭސްޓް އަޅައި އެއްކޮށްލުމަށްފަހު 5 މިނެޓް ވަންދެން ކައްކާލާށެވެ.
ތަވާމަތީގައި ޓޯޓިލާތައް ފިހެލުމަށްފަހު މީގެ ޓޯޓިލާއެއްގެ މަތީގައި ތައްޔާރުކުރި ބީފް ކޮޅެއް ފަތުރާލާށެވެ. އެއަށްފަހު ޗީޒްކޮޅެއް ފަތުރާލައި މީގެ މަތީގައި އެހެން ޓޯޓިލާއެއް ބާއްވާލާށެވެ. އަދި ތަވާމަތީގައި މި ޓޯޓިލާ ފިހެލާށެވެ.




ގުޅުންހުރި
ފަހި ފްލެޓުތަކުގެ ޑިޕޮސިޓަށް ދެއްކި ފައިސާ ކުލިން އުނިކުރަން ނިންމައިފި
ހަންގަނޑު އުޖާލާކޮށްދިނުމުގެ އިތުރުން އަލަނާސިން އަންހެނުންނަށް ވަކި ފައިދާއެއް ލިބޭތަ.؟
މަރުވެފައި އޮއްވައި ފެނުނީ ލޯންޗަކަށް އަރަން އުޅެނިކޮށް ވެއްޓުނު ކަނޑަށް ވެއްޓުނު
ޓްރެފިކް ގަވާއިދުތަކަށް އަމަލުކުރުން ވާޖިބު، ދީނުގައި ގެއްލުންދިނުމެއް ނެތް: ހުތުބާ
ފަހި ފުލެޓުތަކުގެ މަހު ކުއްޔާއި ޑިޕޮސިޓަށް ގެނައި ބަދަލުތައް އާންމުކޮށްފި
ރައީސް އާދީއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ