ތަފާތު އެކި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސްކޫލްތަކުގައި ކިޔަވައިދެމުން އަންނަ ސެން ޓީޗަރުންނަށް ފައިސާގެ އިތުރު އިނާޔަތެއް ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ސިލްސިލާކޮށް ގެނެސްދޭ ”ރައީސްގެ ޖަވާބު“ ޕްރޮގްރާމުގައި ސެން ޓީޗަރުން ނުލިބޭ މައްސަލައާއި ރިސްކް އެލަވަންސް ނުލިބޭ މައްސަލައާ ގުޅޭ ގޮތުން މ. މުލަކު ސްކޫލުގައި މަސައްކަތް ކުރާ ސެން ޓީޗަރެއް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ރިސްކު އެލަވަންސަށް ބަދަލު އައިސްފައި އޮތީ، މިދިޔަ ސަރުކާރުގައި އަމަލުކުރަން ފެށި ޕޭ ފްރޭމްވޯކުގެ ސަބަބުން ކަމަށެވެ.
”ނަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އިރާދަކުރެއްވިއްޔާ، ތި ވިދާޅުވި ކަންތަކުގައި ސެން ޓީޗަރުންނަށް ރިސްކު އެެލަވަންސެއް ނޫނިއްޔާމުން ހާއްސަ އިތުރު ފައިސާގެ އިނާޔަތެއް ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސައިދޭނަން،“ ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން ތަމްރީން ކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ.
އެގޮތުން ޓީޗަރުން މަދުކޮށް ތިބި ދާއިރާތައް ހޯދައި އެ ދާއިރާތަކަށް ޓީޗަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް މި އަހަރުގެ މެދު ތެރޭގައި ފަށަން ހަމަޖެހިފައިވާ ކަމަށާއި އެ ޕްރޮގްރާމްގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން ތަމްރީން ކުރެވިގެންދާނެ ކަމަށާއި ނަމަވެސް އެއަށްވުރެ ކުރިން، މިހާރުން މިހާރަށްވެސް އެ ދާއިރާގެ ޓީޗަރުން ލިބެން ހުރި ވަރެއް ބަލައި ޓީޗަރުން އިތުރުކުރުމުގެ މަަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.




ގުޅުންހުރި
ނުރައްކާވާ މިންވަރަށް ވައި ނުސާފު ދުވަހެއް، ކުރިއަށް އޮތް 5 ދުވަސް
އުމްރާއަށް ގޮސް އުޅުނު އިތުރު ދިވެއްސަކު ނިޔާވެއްޖެ
ކިލޯއަކަށް ވުރެ ގިނަ ޑުރަގާއެކު ދެ މީހުން ހައްޔަރަށް، ބަންދަށް ޖެހީ
ބްރޯޑްކޮމްގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލާގައި ފަޒީންއަށް
އެޑްމިޓް ކޮށްފައިވާ އުމްރާވެރިއަކު ރާއްޖެ ގެންނަނީ
ބައްސާމް އިތުރު 23 އަހަރަށް ޖަލަށްލައި، 44 މިލިއަން ރުފިޔާ އިން