އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ސީއީއޯގެ މަގާމަށް އެތެރެހަށީގެ ހާއްސަ ޑޮކްޓަރު، ޑރ. އިބްރާހިމް ޔާސިރު އަހުމަދު ސަރުކާރުން ހަމަޖައްސައިފި އެވެ.
އޭއީއެޗް އިން ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލްގެ ސީއީއޯގެ މަގާމަށް ޑރ. ޔާސިރު ހަމަޖައްސާފައިވާކަން ސޯޝަލް މީޑިއާގައި މިއަދު އިއުލާންކޮށްފަ އެވެ.
ސިއްހީ ދާއިރާއަށް ހިދުމަތްކުރައްވާތާ 25 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ޑރ. ޔާސިރަކީ ހެލްތު ސާވިސަސްގެ ޑިރެކްޓަރު ޖެނެރަލްކަމާއި އައިޖީއެމްއެޗްގެ މެޑިކަލް އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރުކަމުގެ މަގާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ މިހާރު ވެސް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑުގެ މެންބަރެކެވެ.
ޑރ. ޔާސިރު ވަނީ އެތެރެހަށީގެ ބަލިތަކާ ގުޅޭ ކޮންސަލްޓަންޓެއްގެ ގޮތުގައި ގައުމީ ދިފާއީ ބާރުގެ ހޮސްޕިޓަލް، ސެނެހިޔާއާއި މެޑިކާ ހޮސްޕިޓަލް އަދި ދި ކްލިނިކުގައި މަސައްކަތްކުރައްވައިފަ އެވެ.
އޭއީއެޗްގެ ސީއީއޯގެ މަގާމުގައި މީގެ ކުރިން ހުންނެވީ ރާއްޖޭގެ މަޝްހޫރު ސާޖަން ޑރ. މުހައްމަދު ސޯލިހެވެ.




ގުޅުންހުރި
ވީއައިއޭ އިން މިއަދު 27,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތްދޭނެ
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ޑްރަގު އެތެރެކުރި މައްސަލައިގައި ހިމެނޭ ދެ މީހުންގެ
އަންނަ މަހުގެ 15 ގައި ފުލެޓާއި ގޯއްޗަށް ހުޅުވާލަނީ
ރަސްމާލެ ހިއްކުމުގެ މަސައްކަތް އަންނަ އޭޕްރީލަށް ނިންމަނީ
ކުރިއަށް އޮތް ދެ އަހަރު ތެރޭ ކުދި އަދި މެދު ފަންތީގެ
ކައުންސިލުގެ ފްލޯއަކީ ޑްރާމާ ކުޅެ، މާލޭގެ ބިންތައް ވިއްކަން އޮންނަ ތަނެއް