މި މަހުން ފެށިގެން ހުރިހާ ފުލުހުންގެ މުސާރަ 35 ޕަސެންޓް ބޮޑުވާނެ ކަމަށް އެ އިދާރާއިން ބުނެފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެން އެއް ދުވަހަށް ވެފައިވަނިކޮށް ޕޭ ކޮމިޝަނުން ވަނީ ފުލުހުންނާއި ސިފައިންގެ މުސާރައިގެ އާ އޮނިގަނޑު އިދާރާތަކަށް ފޮނުވައި، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެ އިދާރާގެ މުސާރަ ބޮޑުކުރަން ނިންމައިފަ އެވެ.
ނަމަވެސް މާލީ ގޮންޖެހުންތަކާ ގުޅިގެން ސަރުކާރުން ނިންމީ މި މަހުން ފެށިގެން ފުލުހުންގެ މުސާރަ ބޮޑުކުރުމަށެވެ.
އެކަމުގެ ތަފުސީލު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، ފުލުހުންގެ މުސާރަ މި މަހުން ފެށިގެން 35 ޕަސެންޓް ބޮޑުކޮށްފައިވާ ކަމަށެވެ.
މިއީ 2009 ވަނަ އަހަރު ފަހުން ފުލުހުންގެ އަސާސީ މުސާރައާއެކު މުސާރަ ބޮޑުވާ ފުރަތަމަ ފަހަރު ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
މި މަހުން ފެށިގެން ފުލުހުންގެ މުސާރަ ބޮޑުކުރި ނަމަވެސް ފުލުހުންގެ ބައެއް އެލަވަންސްތައް ވަނީ އުނިކޮށް، ފލުހުންގެ ވަޒީފާގެ ގަވާއިދަށް އިސްލާހުތަކެއް ގެނެސްފަ އެވެ.
އެގޮތުން މީގެ ކުރިން ފުލުހުންނަށް އަށް ބާވަތެއްގެ އެލަވަންސް ދިން ނަމަވެސް، ގަވާއިދަށް ގެނައި ބަދަލާއެކު އެލަވަންސްތައް، ތިން ބާވަތެއްގެ އެލަވަންސްއަށް ވަނީ މަދުކޮށްފަ އެވެ. އެއީ:
- މަގާމުގެ އެލަވަންސް
- ޕޮލިސް އެލަވަންސް: ހަތަރު ފަންތިއަކަށް ބަހާފައި
- ޕޮލިސް ސާވިސް އެލަވަންސް
ޝިފާން ވިދާޅުވި ގޮތުގައި، ފުލުހުންނަށް ކުރިން ދެމުން އައި އެލަވަންސްތަކަށް ބަދަލު ގެނައީ ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން އެލަވަންސް ތައާރަފު ކުރުމުގެ ގޮތުން ކަމަށެވެ.




ގުޅުންހުރި
ހަތް އަހަރު ހަމަވުމަށްފަހު ވެސް ހިޔާގެ ކުލި ބޮޑުނުވާނެ ގޮތް ހަދައިދޭނަން:
ގެދޮރުވެރިޔާ ފުލެޓުތަކުގެ އެޑްވާންސް ބޮޑުތަނުން ކުޑަކުރުމަށް ނިންމައިފި
ނިޔާމަ ޗުއްޓީއަކަށް ޓްރެވަލް ތަކާފުލް: ދަތުރުމަތީގައި ދިމާވެދާނެ ކުއްލި ހާލަތްތަކަށް މުހިންމު
ވަގު ޓީޓީ މައްސަލައިގައި ޝިފާއު 109 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
ކަނޑުމަތިން މަރުވެފައި އޮތް ބިދޭސީއެއްގެ ހަށިގަނޑު ފެނިއްޖެ
ދަންވަރު ބޭރުގައި އުޅުނު 23 ބިދޭސީއަކު ހުއްޓުވައި، އެކަކު ހައްޔަރުކޮށްފި