ކ. ތިލަފުށި ފޭސް 2 އިން ސިނާއީ ބޭނުމަށް 100 އަށްވުރެ ގިނަ ބިން ވިއްކަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފި އެވެ.
އެޗްޑީސީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ، ވިއްކަން ހުޅުވާލި ޖުމުލަ 108 ބިމަކީ ތިލަފުށީގެ ޒޯން އޭގެ އޭރިއާ ބީގައިވާ ނުވިކި ހުރި ބިންތައް ކަމަށެވެ. ބިންތަކުގެ ވައްތަރާއި ބޮޑުމިނަކީ:
- ޓައިޕް 1ގެ 64 ބިން: 2،500 އަކަފޫޓާއި 4،999 އަކަފޫޓާ ދެމެދު
- ޓައިޕް 2ގެ 42 ބިން: 5،000 އަކަފޫޓާއި 9،999 އަކަފޫޓާ ދެމެދު
- ޓައިޕް 3ގެ 2 ބިން: 10،000 އަކަފޫޓާއި 14،999 އަކަފޫޓާ ދެމެދު
ތިލަފުށިން ބިން ވިއްކުމަށް ހަމަޖެހިފައިވާ އުސޫލު:
– އަމިއްލަ ފަރުދެއް ނުވަތަ ކުންފުންޏެއްގެ ފަރާތުން ބީލަން ހުށަހެޅުން (ދިވެހިން އަދި ބޭރުގެ ފަރާތްތައް ހިމެނޭހެން)
– ބީލަން ކާމިޔާބުކުރާ ފަރާތަކީ ދިވެހި ފަރުދެއް/ދިވެހި ކުންފުންޏެއް ނަމަ މިލްކުވުން
– ބީލަން ކާމިޔާބުކުރާ ފަރާތަކީ ބޭރުގެ ފަރުދެއް/ ބޭރުގެ ކުންފުންޏެ ނަމަ 99 އަހަރަށް ބިން ކުއްޔަށް ދޫކުރުން
– ބީލަން ހުށަހެޅޭ އެންމެދަށް އަގަކީ އަކަފޫޓަކަށް 1،700 ރުފިޔާ
އެޗްޑީސީން ބުނީ ބީލަމުގެ އުސޫލުން ބިން ވިއްކާނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ މަރުހަލާގައި ޖެހެނީ ޝައުގުވެރިވާ ބިމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅަށެވެ. ދެވަނަ މަރުހަލާގައި ޖެހޭނީ އީއޯއައި ހުށަހަޅާފައިވާ ބިމަށް ބިޑްކުރަންށެވެ. އެގޮތުން އެންމެ މަތީ އަގަކަށް ބިން ގަތުމަށް ބިޑްކުރާ ފަރާތަކަށް ބިން ލިބޭނެ އެވެ.
ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހަޅަން ޖެހޭނީ އެކަމަށް ހާއްސަ އެޗްޑީސީގެ ޕޯޓަލް މެދުވެރިކޮށެވެ. ބިން ގަތުމަށް ހުށަހެޅޭނީ އެ ޕޯޓަލްގައި ރަޖިސްޓްރީކޮށް، އިއުލާނާ އެއްގޮތަށް ބީލަން ހުށަހެޅުމުން ކަމަށެވެ.


ގުޅުންހުރި
އެޗްޑީސީގެ ސީއެފްއޯ އާއި އިތުރު ވެރިއަކު ވަކިކޮށްފި
ފަޒުލްގެ ގެއިން ފެނުނު 1.4 މިލިއަން ރުފިޔާ އަނބުރާ ހަވާލުކޮށްފި
ބިންވެރިޔާ ސްކީމާ ގުޅިގެން ޕާސްޕޯޓް ހިފެހެއްޓި ނުވަ މީހެއްގެ ޕާސްޕޯޓް ދޫކޮށްލައިފި
އެޗްޑީސީން ވަކިކުރި 15 މުވައްޒަފުންނަށް އަލުން ވަޒީފާ ދީފި
އެޗްޑީސީގެ ބޯޑު މެންބަރުންގެ ސަސްޕެންޝަން އުވާލައިފި
އެޗްޑީސީގެ އޮފީހުން ވަގަށް ނެގި ލެޕްޓޮޕްތައް ހޯދައިފި