ސަރުކާރުން ރައްޔިތުންނަށް ކަމެއް ނުކޮށްދޭ ވާހަކަދައްކާތީ ފަލާހުގެ ރައްދު: ނުކޮށްދެނީ ކޮންކަމެއްތޯ؟

ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު
ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު

ސަރުކާރުން ކޮށްދިނީ ކޮންކަމެއްތޯ ސުވާލުކުރާތީ އެކަމަށް ސަރުކާރު ހިންގާ ޕާޓީ, ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ, ވެރިކަމުން އެމްޑީޕީ ބާލައި, ދުރަށްލީ މިދިޔަ އެމްޑީޕީ ސަރުކާރުގައި ކަމެއް ނުކޮށްދިނީމަ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 12 މެމްބަރުން އެމްޑީޕީއަށް ދިނީވެސް އެހެންވެގެން ކަމަށެވެ.

”މި ސަރުކާރުން ކޮންކަމެއްތޯ ކޮށްދިނީ. މި ސަރުކާރުން ކޮންކަމެއްތޯ ރައްޔިތުންނަށް ނުކޮށްދެނީ… ކަންކަން ކޮށްދެވިފައި މި ހުރީ, ހުރިކަމަށް ރައްޔިތުން މި ގަބޫލުކުރަނީ އަޅުގަނޑުމެންގެ މި ފިކުރަށް. ހާއްސަކޮށް އަޅުގަނޑުމެންގެ މި ސަރުކާރު އައި ފަހުން, ބައްލަވާ އެހަށް ދުވަހު ފިޗުގެ ރޭޓިން މި މަތިކޮށްލީ. އެއީ ގައުމުގެ އިގުތިސާދު ހަމަ މަގަށް އެޅިގެން ރަނގަޅަށް ކަންކަން ކުރެވެމުންދާތީ,“ ފަލާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ, މިދިޔަ ސަރުކާރުތަކުން ނަގާފައިވާ އެތައް ބިލިއަން ޑޮލަރެއްގެ ދަރަނިތައްވެސް ދެއްކީ މި ސަރުކާރުން ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ސަރުކާރު ނިމުނުއިރު ދައުލަތުގައި ހުރީ ދެ މިލިއަން ޑޮލަރު ކަމަށް ވިދާޅުވި އެވެ.

”އެމްޑީޕީއަށް ވެރިކަން 2023 ގައި ލިބުނު ނަމަ, މިއަދު ރައްޔިތުން ތިބޭނީ ކަނުއަދިރީގައި ނުކައި ނުބޮއެ,“ ފަލާހު ވިދާޅުވި އެވެ.