ޔާމީން ދެން ވެރިކަން ކުރަންޖެހޭނީ ސިޓިންރޫމުގައި: ފަލާހު

ފަލާހު އާއި ޔާމީން ---

ކުރީގެ ރައީސް އަބްދުالله ޔާމީންގެ އެންމެ ބޮޑު އަމާޒަކީ ވެރިކަން ހޯދުނު ގޮތަކުން ވެރިކަން ހޯދޭތޯ ބެލުން ކަމަށާއި ނަމަވެސް ދެން ވެރިކަން ކުރަންޖެހޭނީ ސިޓިންރޫމުގައި ކަމަށް ސަރުކާރު ހިންގާ ޕާޓީ, ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

އިނގުރައިދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އަދިވެސް ދިވެހިންގެ ބޮލަށް ސަވާރުވެވޭނެތޯ ޔާމީނާ ސުވާލުކުރައްވައިފަ އެވެ. އަދި ޔާމީންގެ އެންމެ ބޮޑު އަމާޒަކީ އަނެއްކާވެސް ބައިތުލްމާލު ކައިހުސްކޮށްލުން ކަމަށްވެސް ވިދާޅުވި އެވެ.

”މިހާރުވެސް ފަސް އަހަރަކުން ފަސް ބިލިއަން ދައުލަތް ލޫޓުވައިގެން ކާލައިގެން ގާނޫނުތަކުން ލޫޕްހޯލް ހޯދައިގެން އެ ފައިސާތައް މަނީލޯންޑާކުރަމުން ތިދަނީ,“ ޔާމީނަށް މަނީލޯންޑަރިންގެ ތުހުމަތުކޮށް ފަލާހު ވިދާޅުވި އެވެ.

ޔާމީން ދައްކަވާ ވާހަކަފުޅުތަކަށް ފަލާހު ގެންދަވަނީ ތަކުރާރުކޮށް ރައްދުދެއްވަމުންނެވެ.