މި ސަރުކާރުން ސިޔާސީ މަގާމުތަކަށް ފުނި ފުންޏަށް މީހުން ނަގަމުންދާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ތުހުމަތު ކުރައްވައިފި އެވެ.
އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި މާފަންނު އުތުރަށް ވާދަކުރައްވާ އިފްހާމް ހުސެއިންގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް އެ ތަނުގައި ބޭއްވި ހަފުލާގައި ސޯލިހު ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ހާލަތު އޮތް ގޮތާ ގުޅޭ ގޮތުން މި ސަރުކާރުން ދައްކާ ވާހަކައާއި އަމަލާ ދިމާނުވާ ކަމަށެވެ.
އެގޮތުން ފައިސާއެއް ނެތް ކަމަށާއި ހަވާލުވާން ޖެހުނީ ބަނގުރޫޓު ވެފައި އޮތް ސަރުކާރެއް ކަމަށް ބުނެ ސަރުކާރުން ދައްކާ ވާހަކަތައް ސޯލިހު ދޮގުކުރެއްވި އެވެ. އޭގެ ރައްދެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަކުރެއްވީ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ސަރުކާރުން އިތުރަށް ހަރަދުކޮށްފައި އޮތް 300 މިލިއަން ރުފިޔާއަށެވެ.
ސޯލިހު ވިދާޅުވީ، 1،700 ޕްރޮޖެކްޓެއް ހުއްޓާލާފައި އޮތް އިރު، އިތުރަށް 300 މިލިއަން ރުފިޔާ ހަރަދުކުރީ ކޮންކަމަކަށްތޯ އަދި އެ ފައިސާ ހަރަދުކުރީ ކޮން ބަޔަކަށްތޯ ބަލަންޖެހޭ ކަމަށެވެ. އަދި އެ މައުލޫމާތު ހޯދުމަށް ރައީސް އޮފީހަށާއި ފިނޭންސް މިނިސްޓްރީއަށް ސިޓީ ފޮނުވި ކަމަށާއި ނަމަވެސް ޖަވާބެއް ދެއްވާފައި ނުވާ ކަމަށް ވިދާޅުވި އެވެ.
”އެނގޭ ކަމަކީ ސިޔާސީ މަގާމުތަކަށް މީހުން ލާކަން. ފުނިފުންޏަށް، ބައެއް މިނިސްޓްރީތަކުގައި އިށީންނާނެ ތަނެއް ނެތް. ކޮރިޑޯތަކުގައި ކިޔު ޖެހިފައި ތިބޭ ކަަމަށް އެބަވޭ. ޑިއުޓީ ބަހައިގެން ގޮނޑި މޭޒު ހަވާލު ކުރަމުން އަބަދޭ. އަންދާޒާ މިހާރު ކުރެވޭ ގޮތުގައި، އެބޭފުޅުން މައުލޫމާތު ދެއްވީމަ އިނގޭނީ، 1500 އަށްވުރެ ގިނަ ސިޔާސީ މަގާމު މިހާރު ވާނީ އުފައްދާފައި. އެހެން ނޫންނަމަ މަހެއްގެ މައްޗަކަށް 100، 150 މިލިއަން ރުފިޔާ ބަޖެޓަކުން ރިކަރަންޓް ހަރަދަކަށް، މުސާރައަކަށް ހަރަދުކުރާކަށް ނުޖެހޭނެ،“ ސޯލިހު ވިދާޅުވި އެވެ.




ގުޅުންހުރި
ފާހަގަ ޖަހަންވީ ރަނގަޅު ނަމުގައި، ރަނގަޅު ނަމަކީ އާދަމް އާޒިމް: ވާވާ
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު
އެމްޑީޕީގެ މެމްބަރުން ހާލުގައި ޖައްސައި މަގުމަތިކޮށްފައި ދުވަހަކުވެސް ނުދާނަން: އާދަމް އާޒިމް
ސާފް ފުޓްސަލް މުބާރާތް: ފުރަތަމަ މެޗުގައި ރާއްޖެއަށް ބޮޑު މޮޅެއް
އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ 479 ފަސިންޖަރުންނާއެކު ރާއްޖެއަށް
ވަގަށް އަނބު ބިން މީހަކު ހަތް މަހަށް ޖަލަށް