ބޭނުންވާ ތަކެތި
- 115ގ ވައިޓް ޗޮކްލޭޓް
- 1/3 ޖޯޑު ކްރީމް ޗީޒް
- 8 ބިސްކޯފް ބިސްކޯދު
- 2 މޭޒުމަތީ ސަމުސާ އަންސޯލްޓަޑް ބަޓަރު
ތައްޔާރުކުރާނެ ގޮތް
ޗޮކްލެޓްތައް ފުނޑުކޮށްލުމަށްފަހު ބޯތައްޓަކަށް އަޅައިލާށެވެ. މީގެ ތެރެށް ބަޓަރުކޮޅެއް އެޅުމަށްފަހު ޗޮކްލެޓް ދިޔާކޮށްލާށެވެ. ދެން މީގެ ތެރެއަށް ކްރީމް ޗީޒް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
އެއަށްފަހު މި މިކްސް ފްރިޖަށްލައި ފިނިކޮށްލާށެވެ. ބިސްކޯދުތައް ފުނޑުކޮށް، ހިމޫންކޮށްލުމަށްފަހު އެއްފަރާތެއްގައި ބަހައްޓާލާށެވެ.
ފިނިކުރި ޗޮކްލެޓް މިކްސް ނެގުމަށްފަހު އޭގެން ގުޅަ ހަދާލާށެވެ. ދެން މި ގުޅަތައް ހިމޫންކުރި ބިސްކޯދު މިކްސްގައި ފަތުރާލާށެވެ.



