އެސްޓީއޯ ހެޑް އޮފީސް އަރާ ގޮތަށް ޓިކްޓޮކެއް ކުޅެލައިގެން ނުވަތަ ފޮޓޯއެއް ނަގައިގެން އިނާމެއް ލިބޭ މުބާރާތެއް އެސްޓީއޯ އިން ފަށައިފި އެވެ.
އަންނަ އޭޕްރީލް ނުވަވަނަ ދުވަހާ ހަމައަށް ކުރިއަށްދާ އެ މުބާރާތުގައި ބައިވެރިވުމަށް:
- އެސްޓީއޯ ހެޑް އޮފީހުގެ ރީތި ފޮޓޯއެއް ނެގުމަށްފަހު ފޭސްބުކަށް ޕޯސްޓްކޮށްލަންވީ
- އެންމެ ގިނަ ލައިކް ލިބޭ ފޮޓޯއަކަށް 5000 ރުފިޔާގެ ގިފްޓް ވައުޗާއެއް.
- ހެޑް އޮފީސް އަރާ ގޮތަށް ޓިކްޓޮކެއްވެސް ކުޅެލެވިދާނެ
އެސްޓީއޯ އިން ބުނީ، އެ ގިފްޓް ވައުޗަރުން އެ ކުންފުނީގެ ކޮންސްޓްރަކްޝަންސްގެ ކޮންމެ އައުޓްލެޓަކުންވެސް 5000 ރުފިޔާގެ އަގުހުރި އިނާމެއް ލިބޭނެ ކަމަށެވެ.
މިއީ މި ރޯދަ މަހު މާލެ ވަށާ ފިނިބުރު ޖަހަން ނުކުންނަ މީހުން ވާދަކުރަން ރަނގަޅު މުބާރާތެކެވެ. މީގެ އިތުރުން އެސްޓިއޯގެ ފަރާތުން ރޯދަ މަހަށް ހާއްސަ ރަމަޒާން ބާޒާރުވެސް ފެށިގެން ކުރިއަށް އެބަދެ އެވެ.
ގުޅުންހުރި
އެސްޓީއޯ އިން މާފަންނުގައި އާ ފާމަސީއެއް ހުޅުވައިފި
މިއަހަރާ އެއްގޮތަށް މިއަންނަ އަހަރަށް ވެސް އެސްޓީއޯއިން ޑިޖިޓަލް ކަލަންޑަރެއް!
އެފްއެސްއެމްގެ އެމްޑީއަކަށް އާޝާން، އެސްޓީއޯ ގްރޫޕްގެ ފުރަތަމަ އަންހެން އެމްޑީ
ކާޑާއި ބޭސް އަދި ޒަރޫރީ ތަކެތި ގެންނަން އެސްޓީއޯ އިން 50
އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލައިފި
އެސްޓީއޯ އިން ބިނާކުރި އެލައިޑް، މާކެޓުގައި މިއަދު އެންމެ ބޮޑު ހިއްސާ