އާދަމް އާޒިމް މާލޭގެ މޭޔަރުކަމާ ހަވާލުވުމަށްފަހު މާލެ ސިޓީ ކައުންސިލެއްގެ މަސައްކަތް ފެންނަން ފަށާފައިވާ ކަމަށާއި ކުރީގެ މޭޔަރު ކުރައްވަން އުޅުއްވީ ވެރިކަމެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ސޯލިހު އެހެން ވިދާޅުވީ، އަންނަ މަހު ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާފަންނުގެ ހަތަރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ފަރާތުން ރޭ ބޭއްވި ތަރާވީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ މަނިކުފާނު ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ބޭނުންވާ އެންމެ ބޮޑު ކަމަކީ ބޯހިޔާވަހިކަން ކަމަށެވެ. އަދި މާލެއަކީ ސާފު އަދި މާލޭގެ މަގުމައްޗަކީ އަމާންތަނަކަށް ހެދުމާއި މާލޭގެ ޕާކިންގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބުމަކީވެސް މާލޭގެ ރައްޔިތުން ބޭނުންވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
”އާދަމް މޭޔަރުކަމާ ހަވާލުވުމަށްފަހުގައި ހަގީގަތުގައި ސިޓީ ކައުންސިލެއްގެ މަސައްކަތް މިއަދު ކުރެވޭތަން މި ފެންނަނީ. މީގެ ކުރިން ހަވާލުވެ ތިއްބެވި ބޭފުޅުން ކުރައްވަން އުޅުއްވީ ވެރިކަމެއް. ގައުމުގައި އޮތް ވެރިކަމަށްވުރެ މާބޮޑު ވެރިކަމެއް ސިޓީ މޭޔަރުކަމުގައި ހުންނަވައިގެން ކުރައްވަން އުޅުއްވީ،“ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިޝާރާތް ކުރައްވައި ސޯލިހު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިިދާޅުވީ، ކުރީގެ މޭޔަރު ކަންތައް ކުރައްވަން އުޅުއްވި ގޮތުން ސީދާ ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންތައްތައް އޮތީ ހުއްޓިފައި ކަމަށެވެ. އަދި މިހާރު ހުންނެވި މޭޔަރަށް ގާނޫނީ ރައްކާތެރިކަން ބޭނުންވާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެ ނަމަ އެކަމެއް ނުކުރާނެ ކަމަށް ވިދާޅުވި އެވެ.

ގުޅުންހުރި
ޖަލުން ފިލަންވެގެން ފާރުގައި ހެދި ބާގަނޑުގައި ތާށިވެއްޖެ!
ފާއިތުވި ހަފުތާގެ ނިޔަލަށް ބަޖެޓުން 20 ބިލިއަން ރުފިޔާ ހަރަދުކޮށްފި
އެކްސިޑެންޓެއްވުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފި
ހިލޭސާބަހަށް މަސައްކަތް ކުރަން ޖަމިއްޔާއެއް ސާޖިދާ އުފައްދަވައިފި
ހިޖުރައިން ލިބޭ ފިލާވަޅަކީ ދަތި އުނދަގޫތަކުގައި އީމަންކަންމަތީ ތިބިމުގެ މުހިންމުކަން: ހުތުބާ
ނަޝީދު ސޮއިކުރާ ހަފުލާ ބާއްވަން ތަނެއް ނުދީފި ނަމަ ބާއްވާނީ މުލިއާގޭ