ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާ އިން މަނީލޯންޑާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގުގެ ނުނިމި އޮތް ބައި އަވަސްކުރަން އެ މައްސަލައިގައި މަސައްކަތްކުރާ ފުލުހުންގެ އިންވެސްޓިގޭޓަރުންނާ، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މިއަދު ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.
އެކި ތަންތަނުން އެފްއޭއެމްއަށް ލިބޭ ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާ ލިބުނު ބޭނުން ފިޔަވައި އެހެން ބޭނުންތަކަށް ބޭނުންކޮށް، އެ ފައިސާ އިން މަނީލޯންޑާ ކުރިކަމަށް ތުހުމަތު ކުރެވިގެން، އެ މައްސަަލަ ތަހުގީގު ކުރަން ފުލުހުންނަށް އަމުރު ކުރެއްވީ ޕީޖީ އެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ، ފުލުހުންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި އެ މައްސަލައިގެ މިހާރު ބާކީ ނުނިމި ހުރި މަސައްކަތްތަކަކީ ކޮބައިކަމާއި އެ މަސައްކަތްތައް ނިންމާނެ ގޮތުގެ ޓައިމްލައިނަކާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ.
އަދި އެ މަސައްކަތުގައި ދައުލަތުގެ އިދާރާތަކުން ބޭނުންވާ އެހީތެރިކަން ހޯދޭނެ ގޮތްތަކާއި އެ މައްސަލައިގައި މިހާތަނަށް ލިބިފައިވާ ހެކިތައް ޕީޖީ އޮފީހަށް ހުށަހަޅައި، ޕްރޮސިކިއުޓަރުން އެ ހެކިތައް ދިރާސާކޮށް، އިތުރަށް ހޯދައި ފުރިހަމަ ކުރަންޖެހޭ ކަންކަމަކީ ކޮބައިކަމާބެހޭ ގޮތުން މަޝްވަރާކޮށް، ގޮތްތަކެއް ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.
ޕީޖީ އޮފީހުން އިތުރަށް ބުނީ، އެ މައްސަލައިގައި އިތުރަށް ތުހުމަތުކުރެވޭ މީހުންގެ ބައިތަކުގައި ތުހުމަތު އިއްވައި ބަޔާން ނެގުމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރި ކަމަށެވެ. އަދި އެ މައްސަލައިގައި ފުލުހުން ކުރަން ހުރި މަސައްކަތްތައް ނިންމައި، ވީހާވެސް އަވަހަކަށް ދައުވާކުރުމާމެދު ގޮތެއް ނިންމަން ޕީޖީ އޮފީހަށް ހުށަހެޅުމަށް ނިންމި ކަމަށްވެސް ބުންޏެވެ.
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގެ ތެރެއިން އެ އެސޯސިއޭޝަނަށް ފީފާ އިން ފޮނުވި ފައިސާގެ ތެރެއިން 10،000 ޑޮލަރު އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އަމިއްލަ އެކައުންޓަށް ފޮނުވައި އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާތީ އޭނާގެ މައްޗަށް މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާކުރުމަށް ޕީޖީގެ އޮފީހުން ކްރިމިނަލް ކޯޓަށް މި މަހުގެ އެއްވަނަ ދުވަހު ވަނީ ފޮނުވައިފަ އެވެ.
އެ ކުށުގެ އަސާސީ އަދަބަކީ 10،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އަދި އެ ދައުވާގައި ދައުލަތުން ވަނީ މި 10،000 ޑޮލަރު ދައުލަތަށް ނަގައިދިނުމަށް އެދިފަ އެވެ.

ގުޅުންހުރި
އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ތިންވަނަ ބުރު: ރާއްޖޭން ކުޅުނު ފުރަތަމަ މެޗުން
އެލައިޑުގެ އިފްތާރު ޕެކް ބެހުން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ކުރިޔަށްދަނީ
ޓައިގާ ވުޑްސް މިހާރު ހިތާވެގެން އުޅެނީ ޓުރަމްޕުގެ ކުރީގެ ޅީދަރިފުޅާ
ރަަސްދޫގައި ފިހުނު ދެމަފިރިންގެ އުންމީދު ކަނޑާލައިފި
ކަރަންޓު މައްސަލަ ހައްލު ނުކޮށް އައްޑޫގައި އީދު ބޮކި ދިއްލުމާ ދެކޮޅު
ޝަހީދުކޮށްލި ނޫސްވެރިޔާގެ ފަހު މެސެޖު: ފަލަސްތީން މިނިވަން ވަންދެން، އަހަރެމެންގެ ވާހަކަ