ޖުލައި 6, 2024

ގޯތިތަކަށް އަރާފައިވާ ސާވިސް ނެޓްވޯކުތައް ބަދަލުކުރަން 200 މިލިއަން ރުފިޔާ ހަރަދުވާނެ: ފަޒުލް

ހުޅުމާލޭ ދެވަނަ ފޭސްއިން ދޫކޮށްފައިވާ ގޯތިތަކަށް އަރާފައިވާ ފެނާއި ކަރަންޓުގެ އަދި ނަރުދަމާގެ ނެޓްވޯކުތައް ބަދަލުކުރަން 200 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ،

ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތަކުގެ އިންފާރު ވަކި ކުރަން  ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ ،އަށް ސަރަހައްދަކުން ވަނީ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ސާވިސް ނެޓްވޯކް މަތިން ގޯތި ދޫކޮށްފައި ކަމަށެވެ. ފަޒުލް ވިދާޅުވީ ސާވިސް ނެޓްވޯކްތަކުގެ މަތިން 150 ގޯތި ދޫކޮށްފައިވާ ކަމަށެވެ.

ފަޒުލް ވިދާޅުވީ އެ 150 ގޯއްޗަށް އަރާފައިވާ ސާވިސް ނެޓްވޯކުތައް ބަދަލުކުރަން 200 މިލިއަން ރުފިޔާ ހަރުދުވާނެ ކަމަށެވެ. ސާވިސް ނެޓްވޯކުތައް ބަދަލުކުރުމަކީ އެހާ ދުވަސް ނަގާނެ މަސައްކަތެއް ނޫން ކަމަށާއި ނަމަވެސް ސާވިސް ނެޓްވޯކް ރީޑިޒައިން ކުރުމަކީ އުނދަގޫ ކަމެއް ކަމަށާއި އަދި އެކަމަށްދާނެ ހަރަދުވެސް ބޮޑުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެޗްޑީސީން މީގެ ކުރިން ބުނެފައިވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ބައެއް ފަރާތްތަކަށް ގޯތި ހަވާލުކޮށްފައިވާ ކަމަށާއި މިހާރު ކުރިއަށްދަނީ އިންފާރު ރޭނުމުގެ މަސައްކަތް ކަމަށެވެ. ނަމަވެސް ނެޓްވޯކުތައް ގޯތިތަކަށް އަރާފައިވަނީ ލަސްތަކެއް ދިމާވާ ކަމަށެވެ.

“އެހެންނަމަވެސް އަޅުގަނޑުމެންނަށް ދިމާވެފަހުރި ބައެއް ހުރަސްތަކާހުރެ ބައެއް ފަރާތްތަކަށް އިން ވަކިކޮށް ހަވާލުކުރުމުގައި ލަސްތަކެއް އެބައުޅޭ. ތިޔަ ފެނިވަޑައިގަންނަވަނީ ފެނާއި ނަރުދަމާގެ ސާވިސް ލައިން ގޯތިތެރެއަށް އަރާފައިވާ މަންޒަރު. ކަރަންޓާއި ފެނާއި ނަރުދަމާގެ ނެޓްވޯކު އަރާގޮތަށް ގިނަ ގޯތިތަކެއް ކަނޑައަޅާފަހުރީ. މި ގޯތިތައް ދޫކުރުމުގެ ކުރިން އަޅުގަނޑުމެން އެބަޖެހޭ މި ނެޓްވޯކުތައް ގޯތިތަކަށް ނާރާނެ ގޮތަކަށް ރީލޮކޭޓް ކުރަން” އެޗްޑީސީން ބުނެފައިވެއެވެ.

ހުޅުމާލެ ފޭސް ދޭއްގެ ފެނާއި ކަރަންޓުގެ ހިދުމަތައް ބުރޫ ނާރާނެހެން އެ ހިދުމަތްތަކުގެ ނެޓްވޯކްލައިންތައް ބަދަލުކުރުމުގެ މަސައްކަތް ސްޓެލްކޯއާއި އެމްޑަބްލިޔުއެސްސީއާ ގުޅިގެން ކުރަމުންދާކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ނެޓްވޯކް ލައިންތައް ބަދަލުނުކޮށް ހުޅުމާލެ ފޭސް ދޭކުން ގޯތި ދޫކުރުމުގައި ވަރަށް ގިނަ ދަތިތަތަކާ ކުރިމަތިވާނެ ކަމަށެވެ. އެ ދަތިތައް ހައްލުކުރުމަށފަހު ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލުކުރާނެކަމުގެ ޔަގީން ދޭކަމަށް އެޗްޑީސީން ބުނެފައިވެއެވެ