ބޭނުންވާ ތަކެތި:
- 2 ދަޅު މަސް
- 1 ފިޔާ (ކުދިކޮށް ކޮށާފައި)
- 3 ލޮނުމެދު (ހިމުންކޮށްލާފައި)
- މިރުހުގެ ފަޅިއެއް
- ހިކަނދިފަތް
- 3/4 ޖޯޑް ފެހި، ރަތް، ރީނދޫ ބެލްޕެޕަރ
- 4 މޭޒުމަތީ ސަމުސާ ޗިލީ ސޯސް
- ½ މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
- 3 މޭޒުމަތީ ސަމުސާ ކުރީމް ޗީޒް
- 2 މޭޒުމަތީ ސަމުސާ ދިޔާ ކިރު
- ޕާން ފޮތި
- ރަހަލާ ވަރަށް ލޮނު
ކުރަމްބް ކޮޅު ހަދާލުމަށް:
- ½ ޖޯޑު ކިރު
- 3 ބިސް
- 1 ޖޯޑު ބްރެޑް ކްރަމްބްސް
ތައްޔާރުކުރާނެ ގޮތް:
މަސްދަޅުގެ ތެޔޮކޮޅު ތަވަޔަށް އަޅާލާށެވެ. ދެން ފިޔާ، ލޮނުމެދު އަދި ހިނކަދިފަތް ކޮޅު ތެޔޮކޮޅުގައި ރަތްކޮށްލާށެވެ. ދެން މީގެ ތެރެއަށް ބެލްޕެޕާ އަދި މިރުސްކޮޅު އަޅާލާށެވެ. އެއަށްފަހު މަސްދަޅު، ލޮނު، ޗިލީ ސޯސް އަދި ޓޮމާޓޯ ޕޭސްޓް އަޅައި އެއްކޮށްލާށެވެ. ދެން 5 މިނެޓް ވަންދެން ބެހެއްޓުމަށްފަހު މީގެ ތެރެއަށް ކްރީމް ޗީޒް އަދި ކިރުކޮޅު އަޅައި އެއްކޮށްލާށެވެ.
ޕާން ފޮއްޗެއް ނެގުމަށްފަހު މި ފޮތީ ދަމާލައި ޕާންފޮތީގެ ކައިރިތައް ކަފާލާށެވެ. ދެން ޓޫނާ މިކްސް ކޮޅު އަޅާލުމަށްފަހު ޕާން ފޮތި ވަށައިގެން ފެން ހާކައިލުމަށްފަހު ތިނެސްކަން ބައްޓަމަށް ތަތްކޮށްލާށެވެ. ދެން މި ތިނެސްކަން ނެގުމަށްފަހު ބިސް މިކްސްއަށް ލުމަށްފަހު ބްރެޑް ކުރަމްބްސްއަށް ލާށެވެ. އެއަށްފަހު މި ތިނެސްކަންތައް މަޑު ގިނީގައި ރަތްމުށިކުލަ އަރަންދެން ތެލުލާށެވެ.




ގުޅުންހުރި
ޑުރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭކަށް ބޭނުމެއް ނޫން، އުންމީދަކީ
މާލޭގައި 300 މަސާޖު ޕާލާ! ރައީސް ވިދާޅުވީ 1 މަސް ތެރޭ
ކައުންސިލް އިންތިހާބު: ވޯޓުލެވެނީ 294،937 މީހުންނަށް، ޖުމުލަ 621 ވޯޓު ފޮށި
ރާއްޖެ-ލަންކާ ބޯޑާ ކޮންޓްރޯލް އުވާލައި، ވިސާ ނަގަންނުޖެހޭ ގޮތަށް ހަދަން ނަޝީދު
އުމުރުން 75 އަހަރާ ހަމައަށް ވަޒީފާގައި ހުރެވޭ ބިލް ތަސްދީގު ކުރައްވައިފި
ރީކޯ މޫސަ ގޮވައިގެން އިލްމުވެރިންގެ ގުޅުމުން ޕޮލިހަށް!