ޖުލައި 4, 2024

ހަފްތާ ބަދިގެ: ޗީޒީ ޕަފް ސޮސެޖް ރޯލްސް

ބޭނުންވާ ތަކެތި

  • ޕަފް ޕޭސްޓްރީ ޝީޓްސް
  • ސޮސެޖް
  • މޮޒަރެއްލާ ޗީޒް (ގާނާފައި)
  • 1 ބިސް (ގިރާފައި)
  • ޗިލީ ގާލިކް ސޯސް

 

ތައްޔާރުކުރާނެ ގޮތް

ޕަފް ޕޭސްޓްރީ ޝީޓްތައް ފަތުރާލުމަށްފަހު މީގެ މަތީގައި ޗިލީ ގާލިކް ސޯސްކޮޅެއް ފަތުރާލާށެވެ. ދެން މީގެ އެއްފަޅީގައި ސޮސެޖްތައް އަތުރާލާށެވެ. ދެން މީގެ އަނެއްފަޅިގައި ޗީޒްކޮޅު ފަތުރާލުމަށްފަހު ޕަފް ޝީޓް އޮޅާލާށެވެ. އެއަށްފަހު މި ޝީޓް ބެއްދުމަށްޓަކައި އުލެއް ބޭނުންކޮށްގެން ކައިރި ފިއްތާލާށެވެ.

ދެން ބޭނުން ސައިޒަކަށް މި ސޮސެޖް ރޯސްލްތައް ބައި ކޮށްލުމަށްފަހު މީގެ މަތީގައި ވަޅިއެއް ބޭނުންކޮށްގެން ކެނޑުންތަކެއް ކަނޑާށެވެ. ދެން މި ރޯލްސްތަކުގެ މަތީގައި ގިރާފައި ހުރި ބިސްކޮޅެއް ހޭކުމަށްފަހު މި ރޯލްތައް އަވަންގައި ފިހެލާށެވެ.