މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅޭ މީހަކު ހޯދަން ފުލުހުން ފޮޓޯ އާންމުކޮށްފި އެވެ.
ފުލުހުން ބުނީ، އެ މީހާއަކީ ފުލުހުންނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ.
އެހެންކަމުން އެ ފޮޓޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ހުޅުމާލެ ފޭސް 1 އިންވެސްޓިގޭޝަން ނަމްބަރު 9980062 އަށް ގުޅައި ހިއްސާކުރުމަށް އެދިފައިވެ އެވެ.



